ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދަރަނިވެރިވީ ހަރަދުބޮޑު ސިޔާސަތުތަކެއްގެ ސަބަބުން: އާދަމް ޝަރީފް

ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖެ ދަރަނިވެރިވެފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ހަރަދު ބޮޑު ސިޔާސަތުތަކުގެ ސަބަބުންކަމަށް ޕީއެންސީގެ ނައިބުރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީން ގެނެސްދޭ ”2023ގެ ރައީސް ޑރ މުހައްމަދު މުއިއްޒު“ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އާދަމް ޝަރީފްވަނީ ރައީސް ސާލިހުގެ ސަރުކާރުގެ މާލީ އިންތިޒާމުތަކާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، ރައީސް ސާލިޙްގެ ސަރުކާރަކީ ކޮރަޕްޝަންގެ މައްސަލަތައް ގިނަ ބޭކާރު ހަރަދުތައްވެސް ގިނަ ސަރުކާރެއްކަމަށެވެ. އަދި މިއީ ރިކަރެންޓު ހަރަދުތައް ބޮޑު މަތިބަރު ސަރުކާރެއްކަމަށް ވެސް އާދަމް ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިދާރީ ކަންކަމަށް ކުރަމުންދާ ހަރަދުތައް އިންތިހާއަށް ބޮޑުވުމުގެ ސަބަބުމުން ރައްޔިތުންނަށް ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށެވެ. އަދި މިއަދު ދިވެހިރާއްޖޭގެ ކޮންމެ ރައްޔިތެއްގެ ބޮލަށް 280،000 އާއި ގާތް ކުރާ އަދަދެއްގެ ދަރަންޏެއް އޮތްކަމަށް ފާހަގަކުރެއްވިއެވެ.  ހަރަދުތައް ބޮޑުވެފައިވަނީ ސަރުކާރު ހިންގުމުގައި ދޯހަޅި ހަރަދުބޮޑު ސިޔާސަތުތަކެއް ގެންގުޅެފައިވުމުގެ ސަބަބުންކަން އާދަމް ޝަރީފް ފާހަގަ ކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، ބަޖެޓެއް އެކުލަވާލާއިރު ލިބޭ އާމްދަނީއާއި އެއްފަދަވާ މިންވަރަކަށް ރިކަރެންޓު ހަރަދުތައް ކުޑަކުރަންޖެހޭކަމަށާއި ޕީއެންސީއިން މަސައްކަތްކުރަމުންދަނީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދުތަކުގެ ތެރެއިން ރައްޔިތުންނަށް އެންމެ މުހިންމު ކަންކަން ދެނެގަނެގެން ރާއްޖެއަށް މާލީ މަންފާލިބޭނެ މަސައްކަތްތަކަށްވެސް ރިއާޔަތްކޮށް އެކަންކަން ތަރުތީބުން ކުރެވޭނެ ފަދަ ގޮތަކަށް ބަޖެޓު އެކުލަވާލުމަށްކަމަށެވެ.

އޭނާ ވިދާޅުވީ ޑރ މުއިއްޒު ވައުދުވެވަޑައިގެންނެވި ކަންކަމުގެ ތެރެއިން އެ ރަށެއްގައި އިސްކަންދޭންވީ ކަންކަން އަލުން ރައްޔިތުންނާއި މަޝްވަރާކޮށް ތަރުތީބުކުރެވިގެންދާނެކަމަށެވެ. އަދި އެންމެ މުހިންމީ ބަޖެޓު އެކުލަވާލުމުގައިވެސް ރައްޔިތުން ބައިވެރިކޮށްގެން ދެފުށް ފެންނަ ގޮތަކަށް ކަންކަން ކުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: