ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގައި ފަލަސްތީނުގެ ކުޑަކުއްޖަކު މަރާލައިފި!

ކުއްޖާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި މީހާ: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައްޔިތަކު އެ ގައުމުގައި ހުރި ފަލަސްތީނަށް ނިސްބަތްވާ ކުޑަކުއްޖަކު މަރާލައިފިއެވެ.

ހަމާސް ޖަމާއަތާއި އިސްރާއީލުގެ ސަރުކާރު ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން މުސްލިމުނާއި އެހެނިހެން ދީންތަކުގެ މީހުންނާއި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މައްސަލަތައް އުފެދެމުންދާއިރު ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ އެމެރިކާގެ އިލަނޯއިގައި ރަހުމު ކުޑަގޮތަކަށް 6 އަހަރުގެ ކުޑަކުއްޖަކު މަރާލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ކަމާއި ބެހޭ ފަރާތްތަކުން މައުލޫމާތު ދީފައިވާގޮތުން، ހައްޔަރުކޮށްފައިވަނީ 71 އަހަރުގެ ފިރިހެނެކެވެ. މީޑިއާތަކުން ބުނާގޮތުން ޢޭނާވަނީ ކުޑަކުއްޖާއަށް 26 ފަހަރު ތޫނު އެއްޗަކުން ހަމަލާ ދީފައެވެ. އަދި އެ ކުއްޖާގެ މަންމައަށްވެސް އެތައް ފަހަރެއްގެ މަތިން ހަމަލާދީފައިވާއިރު އެ މީހާގެ ފުރާނަ ސަލާމަތްވާނެކަމަށް ބެލެވޭކަމަށް ރިޕޯޓުތަކުގައިވެއެވެ.

ފުލުހުން މައުލޫމާތު ދީފައިވާގޮތުން، ހައްޔަރުކުރި މީހާ އެ އަމަލު ހިންގާފައިވަނީ މެދުއިރުމަތީގެ މައްސަލައާއި ގުޅިގެން އެ މީހުންނަކީ މުސްލުންކަމަށްވުމުންނެވެ. އެހެންނަމަވެސް ފަހުން އެކަމާއި ގުލޭގޮތުން އިތުރު ތަފްސީލެއް ނުދިންކަމަށްވެސް މީޑިއާތަކުން ބުނެފައިވެއެވެ.

މީޑީއާތަކުން ބުނާގޮތުން ހާދިސާ ހިނގި ސަރަހައްދަށް ފުލުހުން ހާޒިރުވީ ގޭގެ ވެރިފަރާތާއި ކުއްޔަށް ދިރިއުޅޭ މީހުންނާއި ދެމެދު މައްސަލައެއް ދިމާވެގެން އުޅޭކަމުގެ ރިޕޯޓުތައް ކުރެވުމާއިއެކުއެވެ. އަދި ފުލުހުން ދިޔަ އިރު ހަމަލާ އަމާޒު މީހުން ގައިގެ އެތައް ތަނަކަށް ޒަހަމްތަކާއިއެކު ފެނުނުކަމަށް ބުނެފައިވެއެވެ.

އަންހެންމީހާގެ ގައިގެ އެތައް ތަނަކަށް ވަޅިން ހަމަލާދީފައިވާއިރު، އޭނާގެ ހާލު ރަނގަޅުވަމުންދާނެކަމަށް ބެލެވޭކަމަށާއި އެހެންނަމަވެސް ލިބިފައި ހުރި އަނިޔާތަކުގެ ސަބަބުން ކުއްޖާ ނިޔާވިކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
1%ވަރަށް ގަދަ 2%ވަރަށް ގަޔާވޭ 1%ބޮޑު ޖޯކެއް 2%ހައިރާންވެއްޖެ 45%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: