ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލުން އެދަނީ ސާފުކޮށް ގާނޫނާ ހިލާފުވަމުން، ބައިނަލްއަގުވާމީ ދުނިޔެއިން މިހާރު ފިޔަވަޅު އަޅަންޖެހޭ: ރައީސް

ރައީސް މުއިއްޒު ކޮޕް ސަމިޓުގައި: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާއި ހިލާފު އަމަލުތަކެއްކަން ސާފުކޮށް ފެނިގެންދާކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޢައްޒާގައި އާންމުން ހިޔާވަހިކަން ހޯދުމަށް ބޭނުން ކުރަމުންދާ އިމާރާތްތަކަށްވެސް އިސްރާއީލުގެ އަސްކަރިއްޔާއިންދަނީ ބަރު ހިތިޔާރާއި ބޮމާއި ރޮކެޓު ފަދަ ވަސީލަތްތަކުގެ ބޭނުންކޮށް ހަމަލާ ދެމުންނެެވެ. ސުކޫލަކަށް ދިން ހަމަލާއެއްގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ނިޔަވުމާއިއެކު ރައީސް ޑރ މުއިއްޒުވެސްވަނީ އެމަނިކުފާނުގެ އަމިއްލަ އެކްސް އެކައުންޓު މެދުވެރިކޮށް ނުރުހުން ފާޅުކުރައްވާފައެވެ.

ރައީސް ވިދާޅުވީ، އިސްރާއީލުން އަނެއްކާވެސް ޣައްޒާގެ ސުކޫލަކަށް ހަމަލާދީފައިވުން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ. އަދި ދައުރުވަމުންދާ ފޮޓޯތަކާއި ވީޑިއޯތަކުން ފެނިގެންދަނީ ބިރުވެރި މަންޒަރުތަކެއްކަމަށާއި އަންހެނުންނާއި ކުޑަކުދިންގެ އިތުރުން ދުވަސްވީ ގިނަ އަދަދެއްގެ މީހުން ޝަހީދުވެފައިވާ މަންޒަރު ފެނިގެންދާކަމަށް ފާހަގަކުރެއްވިއިރު، ރައީސްވަނީ އެމީހުންނަކީ އެތަނުގައި ހަމަލާތަކުން ރައްކައުތެރިކަން ހޯދަމުންދިޔަ ބައެއްކަމަށްވެސް ވިދާޅުވެފައެވެ.

އެމަނިކުފާނު ވިދާޅުވީ، އޮކްޓޯބަރު މަހުގެ ތެރޭގައި ފެށިގެންދިޔަ ހަމަލާ ބަދަލުކުރުމުގެ ތެރެއިން މައުސޫމު 39000 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން ނިޔާވެފައިވާކަމަށެވެ. އަދި އިސްރާއީލުން ހަމަލާތައް ހުއްޓާލުމަށްޓަކައި އެއްވެސް މަސައްކަތެއް ކުރާ މަންޒަރު ފެނިވަޑައިނުގަންނަވާކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، އެ ގައުމުގެ މި އަމަލުތަކަކީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާއި ގުޅޭ ގާނޫނުތަކާއި ސާފުކޮށް ހިލާފުވުންކަމަށެވެ. އަދި ބައިނަލްއަގުވާމީ ދުނިޔެއިން މިކަންކަން ހުއްޓުވާ އިސްރާއީލު ޖަވާބުދާރީކޮށް އިންސާފު ގާއިމުކުރުމަށާއި އާންމުން ރައްކައުތެރިކުރުމަށް މިހާރުން މިހާރަށް ފިޔަވަޅު އަޅަންޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: