ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަންގްލަދޭޝްގެ އިންޓަރިމް ސަރުކާރަށް ރައީސްގެ ތަހުނިޔާ!

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު --- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ބަންގްލަދޭޝްގެ އިންޓަރިމް ލީޑަރުގެ މަގާމަށް ފުންނާބު އުސް ބެންކަރު މުހައްމަދު ޔޫނުސް އައްޔަނުވެފައިވުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ބަންގްލަދޭޝްގައި ވަރުގަދަ މުޒާހަރާތަކެއް ކޮށް ބާރުތަކަށް ބޮޑެތި ބަދަލުތައް ގެނެސްފައިވާއިރު، ރައީސް ޑރ މުއިއްޒުވަނީ މަޝްހޫރު އިކޮނޮމިސްޓު ޑރ ޔޫނުސްއަށް އެ ގައުމުގެ ވަގުތީ ސަރުކަރުގެ ޗީފް އެޑްވައިޒަރުގެ މަގާމު ލިބިފައިވާކަމަށް އެކްސް މެދުވެރިކޮށް މަރުހަބާ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ބަންގްލަދޭޝްއަކީ ރާއްޖޭގެ ޒަމާންވީ އެކުވެރިއެއްކަމަށާއި އެ ގައުމަކީ ގާތް ބައިވެރިއެއްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖެއިން ބޭނުންވަނީ އެ ގައުމުގައި އެއްބައިވަންތަކަމާއި ސުލްހަ ގާއިމުވެފައި އޮތުމްކަމަށެވެ. އަދި އެ ގައުމުގެ ރައްޔިތުންނަށް ޑރ ޔޫނުސްގެ ބެއްލެވުމުގެ ދަށުން ފަހި ދުވަސްތަކަކަށް އެދިވަޑައިގަންނަވާކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: