ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރާއީލާއި ހަމާސްވެސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެފައިވޭ: އދ

ޣައްޒާގައި ކުޑަކުއްޖަކު ފެން ހޯދަން ކިއުގައި: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލާއި ހަމާސް ޖަމާއަތުންވެސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ ކުޑަކުދިންގެ ހައްގުތައް ނިގުޅައިގަންނަމުންދާކަމަށާއި އަދި ނުރައްކަލަށް ހުށައަަޅަމުންދާކަމަށް ސަލާމަތީ މަޖިލީހަށް އަންގާނެކަމަށް އދގެ ސެކްޓްރީ ޖެނެރަލް ވިދާޅުވެއްޖެއެވެ.

ބަައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކުރާގޮތުން ފަލަސްތީނުގައި ކުރަމުންދާ ހަނގުރާމައިގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވަމުންދާކަމަށްވުމުން އދ އިންވަނީ އެ ކަން ހުއްޓުމަކަށް ގެނައުމަށްޓަކައި އިތުރު ފިޔަވަޅެއް އެޅުމަށް ނިންމާފައެވެ. އެގޮތުން އިސްރާއީލާއި ހަމާސްއިންވެސް ކުޑަކުދިންގެ ހައްގުތަކަށް އަރައިގަނެ އެކަކު އަނެކާ ނައްތާލުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން އެ ކުދިން ނުރައްކަލަށް ހުށައަޅަމުންދާނެކަމަށް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ސެކްޓްރީ ޖެނަރަލް ސަލާމަތީ މަޖިލީހާއި ހިއްސާކުރާނެކަމަށް ބުނެފައިވެއެވެ.

މީޑިއާތަކުން ބުނާގޮތުން އދއިން ކޮންމެ އަހަރަކުވެސް މި ފަދަ ލިސްޓެއް އައުކޮށް އެކުލަވާލާކަމަށެވެ. އަދި ލިސްޓަށް އަރާފައިވާ ކަންކަމުގެ ތެރޭގައި ކާޗިން އިންޑިޕެންޑެންސް އާރމީއިން މިޔަންމާގައި ޖަރީމާތަކެއް ހިންގިކަމުގެ އިތުރުން ރަޝިއާއިން ޔޫކްރެއިންގައި ރަޝިއާއިން އެފަދަ އަމަލުތަކެއް ހިންގިކަމުގެ މައްސަލަވެސް ފެންމަތިވެފައިވެއެވެ. މިހާރު އިސްރާއީލުވެސް އެ ލިސްޓުގައި ހިމެނުމަށް ކަނޑައެޅިފައިވާކަމަށް ބުނެފައިވާއިރު ސެކެޓްރީ ޖެނެރަލްގެ މަގާމުގައި ހުންނެވި އެންޓޯނިއޯ ގުޓޭރެޒްއަށް އެއްވެސް ފިޔަވަޅެއް ތަންފީޒުކުރެވޭނީ ސަލާމަތީ މަޖިލީހުން ނިން،މުމުންކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް ހުށައެޅުންތައް ބޭރުކޮށްލުން ނުވަތަ ނިންމުންތައް ވީޓޯކުރުމުގެ ބާރު ލިބިގެންވާ ގައުމުތަކުގެ ތެރޭގައި އިސްރާއީލުގެ އެންމެ އަރިސް ބައިވެރިޔާ އެމެރިކާ ހިމެނޭކަމަށްވުމުން އެއްވެސް ބަދަލެއް ނައުންވެސް އެކަށީގެންވާ ކަމަށް ބުނެފައިވެއެވެ.

މި މަޖިލީހުގެ ދާއިމީ އެއް ބައިވެރިޔާަކީ ރަޝިއާކަމަށްވާއިރު، މީގެ ކުރިން އދއިންވަނީ އެ ގައުމުގެ އަސްކަރިއްޔާވެސް މި ލިސްޓުގައި ހިމަނާފައެވެ. އަދި ލިސްޓަށް އެރީ 2023ގައި ސުކޫލުތަކަށާއި ހޮސްޕިޓަލްތަކަށް ރަޝިއާއިން ދިން ހަމަލާތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިން މަރުވެފައިވުމުންކަމަށްވާއިރު އެއްވެސް ފިޔަވަޅެއް އެޅިފައިނުވާކަމަށް ރިޕޯޓުކޮށްފައިވެއެވެ. މީޑިއާތަކުން ބުނާގޮތުން ގުޓޭރެޒްގެ މަސައްކަތްތަކުން ނުކުންނާނެ އެންމެ ބޮޑު ނަތީޖާއަކީ ބައިނަލްއަގުވާމީ މައިދާނުގެ ނަޒަރު އިތުރަށް ޣައްޒާގައި ހިންގަމުންދާ ޖަރީމާތަކުގެ މައްޗަށް އަލިއެޅިގެންދިއުންކަމަށް ބެލެވޭކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: