ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި ހުޅުމާލޭގައި ސައިކަލު ބުރެއް ބާއްވައިފި

ފަލަސްތީނާއެކު ދިވެހިންގެ ނަމުގައި ހުޅުމާލޭގައި ބޭއްވި ވެހިކަލް ބުރުގެ ތެރެއިން-- ވަގުތު އިމޭޖެސް: އަހުމަދު ޖައިޝަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރާއީލުން ޣައްޒާއަށް މެދުކެނޑުމެއް ނެތި ދެމުން އަންނަ ހަމަލާތައް ހުއްޓާލުމަށް ގޮވާލައި، ހުޅުމާލޭގައި މިއަދު ވެހިކަލް ބުރެއް ބާއްވާފައިފިއެވެ.

ހުޅުމާލޭގައި ބޭއްވި ވެހިކަލް ބުރުގައި ގިނަ އަދަދެއްގެ ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ކުރާ އެހެން ގައުމުތަކުގެ ބިދޭސީ މީހުން ވަނީ ބައިވެރިވެފައެވެ. ފަލަސްތީނުގެ މުސްލިމުންނަށް ލިބެމުން އަންނަ ހަމަލާތަކާއި ދެކޮޅަށް އެތަކެއް ދިވެހިންނެއް ވަނީ އަޑު އުފުލާފައެވެ. އިސްރާއިލު ޕާސްޕޯސްޓް ރާއްްޖޭގައި މަނާ ކުރަން ގާނޫނުތަކަށް ބަދަލު ގެންނަން ވަޒީރުންގެ މަޖިލީހުން ނިންމައިފައިވަނީ މިހަމުހުގެ 2 ގައެވެ. 

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ދާހިލީ ސަލާމަތާއި ފަންނިއްޔަތާއި ބެހޭ ވަޒީރު އަލީ އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓްގައި ރާއްގެއަށް އެތެރެވުން ހުއްޓުވުމަށްޓަކައި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހު ގެނައުމަށް ވަޒީރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށެވެ. އަދި ހަމައެއާއެކު އެކަން ކުރިއަށް ގެންދިއުމަށްޓަކައި ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއް އައްޔަން ކުރައްވާފައިވާ ކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަަނާ ކުރުމަށްޓަަކައި ސަރުކާރުން ކުރަން ޖެހޭ ކަންތައް މިހާރުން ފެށިގެން ކުރަމުން ގެންދަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަންގަވާފައިވާ ކަމަށެވެ. މީގެ އިތުރުން ފަލަސްތީނާއި އިސްރާއީލުގެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ފަލަސްތީނުން އެދޭ ކަންކަން ދެެނެގަތުމަށް، އެމްއޯޔޫއެއް ކަނޑައެޅުމަށް ނިންމާފައިވާކަމަށްވެސް އިހުސާން ވިދާޅުވިއެވެ.

ޔޫއެން ރިލީފް އެންޑް ވޯކްސް މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ފަންޑްރައިޒިންގ ހަރަކާތްތަކެއް ހިންގަންވެސް ވަޒީރުންގެ މަޖިލީހުން ނިންމާފަައިވާ ކަމަަށް އިހުސާން ވިދާޅުވިއެވެ. “ފަލަސްތީނާއެކު ދިވެހިން”މި ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބާއްވަން ނިންމާފައިވާ ކަމަށާއި، ރާއްޖެއިން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައަަށް އަވަަސް ހައްލެއް ގެނައުމަށްޓަކައި އިސްލާމީ ގައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް މިއަދުގެ ވަޒީރުންގެ މަޖިލީހުގައި ވަނީ ނިންމާފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: