ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިކަރަންޓް ހަރަދު އިތުރުވާނެކަމަށް ލަފާކޮށް އޮޑިޓު އޮފީހުން ބަޖެޓު ބޮޑުކޮށްދޭން އެދިއްޖެ

އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީ
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ ތެރޭގައި އޮޑިޓު އޮފީހުގެ ރިކަރެންޓު ހަރަދު އިތުރުވާނެކަމަށް އޮޑިޓު އޮފީހުން ލަފާކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި އޮޑިޓު އޮފީހުން ވަނީ ކުރިއަށް އޮތް އަހަރުގެ ލަފާކުރެވޭ ބަޖެޓު ހިއްސާކޮށްފައެވެ. އެގޮތުން ރިކަރެންޓު ހަރަދުގެ ގޮތުގައި 82 މިލިއަން ރުފިޔާގެ ހަރަދެއް ހިނގާނެކަމަށް ބުނެފައިވެއެވެ. އަދި ކެޕިޓަލް ހަރަދުގެ ގޮތުގައި ތިން މިލިއަން ލަފާކޮށްފައިވާއިރު، ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް 38 މިލިއަން ހަރަދުވާނެކަަމަށް ލަފާކޮށްފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން ރިކަރެންޓު ހަރަދުތަކުގެ ގޮތުގައި 56 މިލިއަިން ރުފިޔާގެ ހަރަދެއް ލަފާކުރެވޭއިރު، ޓްރެވަލް އެކްސްޕެންސަސްގެ ގޮތުގައި ފަސް މިިލިއަން އަދި އިދާރީ ހަރަދުތަކުގެ ގޮތުގައި ހަ ލައްކަ ބަޖެޓުކޮށްފައިވާކަމަށް ބުނެފައިވެއެވެ.

އެ އިދާރާއިން ބުނެފައިވާގޮތުން އިދާރީ ހިދުމަތްތަކަށް 15 މިލިއަން ހިނގާނެކަމަށް ލަފާކުރެވޭއިރު ޓްރެއިނިންގްއަށް އެއް މިލިއަނާއި މަރާމާތު ހަރަދުގެ ގޮތުގައިވެސް އެއް މިލިއަން ހިނގާނެކަމަށް ލަފާކުރެވޭކަމަށެވެ. ބަޖެޓުގައި ސަބްސްކްރިޕްޝަން އެންޑް ކޮންޓިރިބިއުޝަންސްގެ ގޮތުގައި އެއް ލައްކަވެސް ހަރަދުވާނެކަމަށް ލަފާކުރެވޭކަމަށެވެ.

އޮޑިޓުން ބުނެފައިވާގޮތުން 2023 ވަނަ އަހަރާއި 24 ވަނަ އަހަރުގެ ބަޖެޓަށް ބޮޑު ތަފާތެއް އަންނަ މައިގަނޑު ސަބަބަކީ ހަތް މުއައްޒަފުން ނެގުމަށް ބަޖެޓުކޮށްފައިވުމުންކަމަށެވެ. އަދި ޑިޕެންޑެންސީ އެލޮވެންސް އިތުރުކޮށްފައިވުންވެސް ހިމެނޭނެކަމަށާއި ކުއްލި ދެއްކުމާއި ސާފުކުރުން ފަދަ ހަރަދުތައްވެސް ކުރިއަށް އޮތް އަހަރު އިތުރުވާނެ އިރު ދަތުރުފަތުރުގެ އަގު ބޮޑުވުމާއިއެކު ޓްރެވަލް އެކްސްޕެންސަސްވެސް އިތުރުވެފައިވާކަމަށް ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: