ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ގައުމަކާއި އެކު ވާދަވެރިކަމަކަށް ދާން ބޭނުމެއް ނޫން: މުއިއްޒު

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު.- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ޚާރިޖީ ސިޔާސަތުގެ ދަށުން އެއްވެސް ގައުމަކާއި ދެމެދު ވާދަވެރިކަމެއް ނުގެންގުޅުއްވާނެކަމަށް އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ބޭރުގެ މީޑިއާއެއްކަމަށްވާ ”ބްލޫމްބާގް ޓީވީ“ އަށް ދެއްވި އިންޓަވިއުއެއްގައި މުއިއްޒު ވިދާޅުވީ ޗައިނާއާއި ގާތް ގުޅުމެއް ބާއްވާނެކަމަށް ބުނެ ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އެގޮތަށް ލޭބަލް ކުރާތީ މުއިއްޒު ވިދާޅުވީ ރާއްޖެ ފިޔަވައި އެހެން އެއްވެސް ގައުމެއް އިސް ނުކުރައްވާނެކަމަށާއި، އެކަން ވިސްނާލުމުން ވެސް ސާފުވާނެ ކަމަށެވެ.

ބައިނަލްއަގުވާމީ އުސޫލުތަކާއި، ގާނޫނުތަކަށް ރާއްޖެއިން އަބަދުވެސް އިހުތިރާމް ކުރާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ރާއްޖެ އަބަދުވެސް މަސައްކަތް ކުރާނީ އެއްވެސް ގައުމަކާއި އެކު ވާދަވެރިކަން އުފެއްދުމަށް ނޫން ކަމަށެވެ. އަދި އެފަދަ ނިޔަތެއް ވެސް ނެތްކަމަށް ވިދާޅުވި އެވެ.

އަބަދުވެސް މަސައްކަތް ކުރާނީ ހުރިހާ ގައުމަކާއި އެކު ވެސް ގުޅިގެން މަސައްކަތް ކުރަން.. އެއްވެސް ގައުމަކާއި އެކު، ނޫނީ އެ މީހުންނާ މެދު ޖިއޯޕޮލިޓިކަލް ވާދަވެރިކަމަށް ދާން ބޭނުމެއް ނޫން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރާއްޖޭގައި ކުރިޔަށް ގެންދިޔަ ގިނަ ތަރައްގީގެ ޕްރޮޖެކްޓުތައް ނިންމާފައި ވަނީ ޗައިނާގެ ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި މާލެ، ހުޅުލެ، ހުޅުމާލެ ބްރިޖު އަދި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މަސައްކަތްތައް ފާހަގަކުރެވެ އެވެ.

މުއިއްޒު ވިދާޅުވީ ޚާރިޖީ ސިޔާސަތުތަކުގެ ދަށުން ބާއްވާ ގުޅުންތަކަކީ އެއީ އެއްވެސް ހާލަތެއްގައި ވަކިކޮޅަކަށް ބުރަވެފައިވާ އަދި ތަފާތު ކުރުންތަކެއް ގެންގުޅޭ މޭރުމުން ކުރަން ޖެހޭ މަސައްކަތެއް ނޫން ކަމަށެވެ. ކޮންމެ ގައުމަކަށް ވެސް މުހިންމުވާނީ އަމިއްލަ މިނިވަންކަމާއި، އިގްތިސާދު ކުރިއަރުވައި އެ ގައުމެއްގެ ރައްޔިތުންގެ ލާބައާއި މަންފާކަމަށްވުމާއި އެކު ގެންގުޅުއްވާނީ ޕްރޯ މޯލްޑިވްސް ޕޮލިސީކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ މުހިންމީ ގައުމުގެ މިނިވަންކަމާއި، އިސްތިގުލާލުކަމަށާއި ވަކިކަމަކަށް ބޭނުންވެ ސަލާން ޖަހާ އުސޫލަކީ އެމަނިކުފާނު ގަބޫލު ކުރާ ވިސްނުމެއް ނޫން ކަމަށެވެ.

އަޅުގަނޑުމެންގެ ސިޔާސަތުތަކާއި، މިނިވަންކަމަށް އިހުތިރާމް ކުރާ ކޮންމެ ގައުމަކީ އެއީ ގާތް ރަހުމެތްތެރިއެއް.. ގުޅުން އޮންނާނެ

ޕްރޮޖެކްޓުތަކާއި އިންވެސްޓްމަންޓުތައް އަދި ހަވާލުކޮށްފައިވާ މަޝްރޫއުތައް ވަރަށް ބޮޑަށް އިންޑިއާއަށް ބުރަވެ ރާއްޖޭގެ އިގްތިސާދުގެ ކޮންޓްރޯލް އެ ގައުމަށް ލިބިފައިވާކަމަށް މުއިއްޒު ވިދާޅުވެފައިވާއިރު އެކަން ހަމަމަގަށް އަޅުވައި ހަމަހަމަކަން ގާއިމު ކުރައްވާނެ ގޮތަކީ ކޮބައިތޯ ސުވާލު ކުރުމުން މުއިއްޒު ވިދާޅުވީ އެންމެ ފަހުން ސަފީރާއި އެކު އޮތް ބައްދަލުވުމުގައި ވެސް ރާއްޖޭގެ ދަރަނީގެ ބޮޑު އިންސައްތައެއް އަނބުރާ ދައްކަން ޖެހެނީ އެ ގައުމަށްކަން ފާހަގަކުރައްވާފައިވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ އިގްތިސާދު ވަކިކޮޅަކަށް ބުރަވެ، ކޮންޓްރޯލް ގެއްލެއްން ބޭނުން ނުވާކަން ސަފީރަށް ދެންނެވެމުން އެބޭފުޅުން ވެސް އެކަން ގަބޫލު ކުރައްވާކަމަށެވެ..

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުން ފެށިގެން ޗައިނާ އެކު އޮތް ގާތް ގުޅުމަށް އެކި ގޮތްގޮތުން އަމާޒުވާ ފާޑުކިއުންތަކަށް ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ވެސް މުއިއްޒު ވިދާޅުވީ އެ ގައުމުގެ ޕްރޮޖެކްޓުތަކުން ރާއްޖެއަށް އިގްތިސާދީ ކުރިއެރުން ލިބުނުކަން ފެންނަން އެބައޮތް ކަމަށެވެ. މުއިއްޒު ވަނީ މި ސަރުކާރުން ގެންގުޅުނު ފަދަ ”އިންޑިއާ ފަސްޓް ޕޮލިސީ“ ގެ ”ޗައިނާ ފަސްޓް ޕޮލިސީ“ އެމަނިކުފާނު ނުގެންގުޅުއްވާނެކަމަށް ވިދާޅުވެފަ އެވެ.

ދުނިޔޭގެ އެފަދަ ބާރުތަކުގެ ދެމެދުގައި ރާއްޖެ ފިތި، ބަސް ބުނަން ޖެހޭ ވަރަށް ވުރެ ކުޑަ.. އެފަދަ ދެބަސްވުމެއްގައި ބައިވެރިވުމަށް ބޭނުމެއް ނޫން

އިމުގެ މައްސަލައިގައި އިންޑިއާ – ޗައިނާ ދެމެދު ބޮޑު ދެބަސްވުމެއް އުފެދި އެކަމުގެ ކޯޅުންތައް ވެސް ކުރިޔަށްދާއިރު މުއިއްޒު ވިދާޅުވީ އެކަމުގެ ތެރޭގައި ރާއްޖެއަށް އަސަރު ކުރުން ވެސް ރަނގަޅެއް ނޫން ކަމަށެވެ. އަދި ދުނިޔޭގެ ބާރުތަކުގެ ތެރެއަށް ވަނުމަށް ވުރެ މިއީ ކުޑަ ގައުމެއްކަން ވެސް ފާހަގަކުރެއްވި އެވެ.

އިންޑިއާ – ޗައިނާގެ ބޯޑަރު ކައިރީގައި ދޭތެރެއަކުން ދެ ގައުމުގެ ސިފައިންގެ ދެމެދު ކުރިމަތިލުންތައް ހިނގަ އެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: