ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގިނަ ރައްޔިތުންގެ ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ކަށަވަރުނުވުން!

ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަހަރުތަކެއް ވަންދެން ބޯހިޔާވަހިކަމެއް ނުލިބި ތިބި ރައްޔިތުން އެކަމުގެ ކަންބޮޑުވުން ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ހިއްސާކޮށްފިއެވެ.

ރައީސާއި ބައްދަލުކުރެއްވި ބައެއް މީހުން ވަނީ، އެތައް އަހަރެއް ވީއިރު ވެސް އެމީހުންނަށް އެއްވެސް ކަހަލަ ބޯހިޔާވަހިކަމެއް ލިބިފައިނުވާ ކަމަށާއި، މިހާރުވެސް ވަރަށް ދަތި ހާލުގައި ދިރިއުޅެމުންދާކަން ފާހަގަކޮށްފައެވެ. އަދި ކުރީ ސަރުކާރުތަން ކުރިއަށްގެންދިޔަ ބޯހިޔާވަހިކަމުގެ އެކި ސްކީމްތަކަށް ކުރިމަތިލީނަމަވެސް އެކި ސަބަބުތަކާ ހުރެ ލިސްޓުން އުނިކޮށް ބޯހިޔާވަހިކަމުގެ އެއްވެސް ފުރުސަތެއް ލިބިފައިނުވާކަންވެސް ގިނަ މީހުން ވަނީ ރައީސްގެ ސަމާލުކަމަށް ގެނެސްފައެވެ.

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ބޯހިޔާވަހިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ހުރި ކަންބޮޑުވުންތައް ރައީސާއި ހިއްސާކޮށްފައިވެއެވެ. އެގޮތުން ވަޒިފާގެ މާހައުލުގައި އެ ފަރާތްތަކަށް ދިމާވަމުންދާ ދަތިތަކާއި، ވިޔަފާރީގެ މުއާމަަލާތްތައް ކުރުމުގައި ހުރި އުނދަގޫތައްވެސް ބައެއް މީހުން ހިއްސާކޮށްފައިވެއެވެ.

މީގެ އިތުރުން، ރަށްތަކުގެ މަގުތަކާއި، ފެނާއި ނަރުދަމާގެ ކަންތައްތައް ހުރިގޮތުން އެމީހުންނަށްވާ އުނދަގޫތައްވެސް ރައީސްގެ ސަމާލުކަމަށް ގެނެސްފައިވެއެވެ. އަދި ބައެއް ރަށްތަކުގައި ރަށު ފަތުރުވެރިކަން ކުރިއެރުވުމަށް ފުރުސަތުތަކެއް ހުރި ކަމަށާއި، އެ ރަށްރަށުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް އަދި ހިންގޭނެ މަޝްރޫއުތައްވެސް އެ އެޕިސޯޑުގައި ބައިވެރިވި ބައެއް މީހުން ރައީސްއަށް ވަނީ ކިޔައިދީފައެވެ.

ރައްޔިތުންގެ އަޑުގެ ސިލްސިލާގެ ތިންވަނަ އެޕިސޯޑުގައި ބައިވެރިވި މީހުންގެ ކަންބޮޑުވުންތަކަށް އިޝާރާތްކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެމީހުން ހިއްސާކުރެއްވި ކަންކަން ގާތުން ބައްލަވާނެ ކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގްސަދުގައި، ވަކިވަކި ދާއިރާތަކުން، ސީދާ އެމަނިކުފާނާ ވަކިވަކީން ބައްދަލުކުރައްވައިގެން ވާހަކަ ދެއްކުމުގެ ފުރުސަތު އެ ޕްރޮގްރާމުގެ ތެރެއިން ވަނީ ހުޅުވާލައިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: