ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާވަހި ލޯނު ސްކީމުގައި ހުރި އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގެ 12 ވަނަ ޕްރަގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ރައީސްއާއި ވާހަކަ ދައްކަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

އަމިއްލަ ގޯތީގައި ގެދޮރުއެޅުމަށް ނުވަތަ އަޅާފައި ހުރި ގެއެއް މަރާމާތުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ތައާރަފުކޮށްފައިވާ ”ހިޔާވަހި ފައިނޭންސް ސްކީމް“ގައި ހުރި އާންމުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު އެކަމުގެ ޔަގީންކަން ދެއްވީ ”ރައްޔިތުންގެ އަޑު“ ސިލްސިލާގެ 12 ވަނަ ޕްރަގްރާމްގައި ބައިވެރިވި އާންމުންގެ މީހަކު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެންނެވެ. އޭނާ ވަނީ ހިޔާވަހި ފައިނޭންސް ސްކީމުން ލިބުނު އަދަދު ކަނޑައެޅި މިންވަރަށް ވުރެ ކުޑަވުމާއި ލޯނު ލިބުން ލަސްވުމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން، އަތޮޅުތެރެއަށް ހިޔާވަހި ސްކީމްގެ ދަށުން އެއް މިލިއަން ރުފިޔާގެ ލޯނު ދޭން ކަނޑައަޅާފައި އޮތް ނަމަވެސް އޭނާއަށް ހަމަޖެހުނީ 650،000 ރުފިޔާގެ ލޯނެއް ކަމަށާއި އަދި ކުރެހުންތަކުގެ ކަންކަމުގައި އުޅުނު އިރުވެސް ރާވައިގެން ހުރީ އެއް މިލިއަން ރުފިޔާއަށް ނިމެނޭކަމަށް ބަލައިގެންކަމަށް އޭނާ ވަނީ ބުނެފައެވެ. އެ ކަންބޮޑުވުންތައް އަޑުއައްސަވާ ރައީސް ވަނީ އެކަމަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

”ތިފަދަ ކަމެއް މީގެ ކުރިން އަޅުގަނޑުގެ ސަމާލުކަމަށް ނާދޭ. ތިދެންނެވި ސްޕެސިފިކް ކޭސް ބަލާލާނަން މިނިސްޓްރީ މެދުވެރިކޮށް. އިތުރަށް ބަލާ އޮންނަ އުސޫލުތަކުގެ ތެރެއިން. ކުރެވެން ހުރި ހުރިހާކަމެއް ކުރާނަން،“ ރައީސް

”ހިޔާވަހި ފައިނޭންސް ސްކީމް“ގެ ދަށުން 891 މީހަކަށް ލޯނު ހަމަޖެހި، އެއިން 244 މީހަކަށް ލޯނު ދޫކުރެވިފައިވާކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ.

ހިޔާވަހި ސްކީމުގެ ދަށުން ތިން ބާވަތެއްގެ ލޯނު ދޫކުރެއެވެ. ފަހިމާލެ ލޯނުތަކަކީ މާލޭ ސަރަހައްދަށް ހާއްސަކޮށްގެން ތައާރަފުކޮށްފައިވާ ހަ މިލިއަން ރުފިޔާއާއި 10 މިލިއަން ރުފިޔާއާ ދެމެދުގެ މިންވަރަކަށް ފައިސާ ދޫކުރާ ލޯނުތަކެކެވެ. އާބަން ސެންޓަރުތަކާއި އަތޮޅު ތެރޭގެ ސިޓީތަކަށް ހާއްސަކޮށް ދޫކުރާ ސަހަރު ލޯނުތަކުގެ ދަށުން ތިން މިލިއަން ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާނެއެވެ. ރަށްރަށަށް ހާއްސަކޮށް ތައާރަފުކުރި ރަށްވެހި ސްކީމުގެ ދަށުން ދޫކުރާނީ އެއް މިލިއަން ރުފިޔާއާ ހަމައަށެވެ.

ސަރުކާރުން ރާވާފައިވަނީ އެ ސްކީމުގެ ދަށުން އަހަރަކު ދެ ބިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރުމަށެވެ. އެއިން އެއް ބިލިއަން ރުފިޔާއަކީ ދައުލަތުގެ ބަޖެޓުން އެ ސްކީމަށް ހާއްސަކުރާ ފައިސާއެވެ. ބާކީ އެއް ބިލިއަނަކީ ބޭންކުތަކުގެ ތެރެއިން އެ ސްކީމަށް ހާއްސަކުރާ ފައިސާއެވެ.

މި ސްކީމު ހިންގަނީ އިސްލާމީ އުސޫލުތަކަށް ފެތޭ ގޮތަށް، ފަސް އިންސައްތައިގެ ފައިދާއެއް ނަގާ ގޮތަށެވެ. އަދި އެ ސްކީމުގެ ދަށުން ދޫކުރާ ލޯނު އަނބުރާ ދެއްކުމަށް 25 އަހަރުގެ މުހުލަތެއް ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: