ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދު ހައްޔަރުކުރުމަށްފަހު ފުލުހުން ނެގި ފޮޓޯ އާންމުކޮށްފި

އަބްދުﷲ ޝާހިދުގެ މަގްޝޮޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ މަގްޝޮޓް ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ ގްރޫޕުގައި ޝާހިދުގެ ފޮޓޯ އާންމުކުރެއްވީ ފުލުހުންގެ މީޑިއާ ޔުނިޓްގެ ހެޑް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ޝިޔާމްއެވެ. އެ ފޮޓޯ އާންމުކުރެއްވީ އޭނާގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފައިވާކަން ހާމަކުރެއްވުމަށްފަހުއެވެ.

ފުލުހުން އެކި ކުށްތަކުގެ ތުހުމަތުގައި ހައްޔަރުކުރާ މީހުންގެ މައްޗަށް ކުށް ސާބިތުނުވަނީސް ފޮޓޯ އާންމުކުރުމުގައި ހަމަހަމަ މިންގަނޑެއް ނުގެންގުޅޭ ކަމަށް ބުނެ އެކަމާ ގުޅިގެން އެ ހިދުމަތަށް ފާޑުކިޔުން ވެސް އަމާޒުވެއެވެ.

މި މައްސަލައިގައި ފުލުހުންގެ މީޑިއާ ގްރޫޕުގައި ފޮޓޯ އާންމުކުރި ނަމަވެސް، އާންމުކޮށް ފުލުހުން ފޮޓޯ އާންމުކުރަނީ ފުލުހުންގެ ސޯޝަލް މީޑިއާ ޕޭޖުތަކާއި ވެބްސައިޓުގައެވެ.

އެނގިފައިވާ ގޮތުގައި، ޝާހިދު 30 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލްވެސް އެބަ އޮތް ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަމަށްް ވެސް އަމުރުގައިވެއެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވާ ޝާހިދަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ރޭ އޭނާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: