ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝާހިދުގެ ދިފާއުގައި ދަރިފުޅު: ”ބައްޕައަކީ ތުހުމަތުކުރާ ފަދަ ކަމެއް ކުރާނެ މީހެއް ނޫން، އާއިލާ ތިބީ ބައްޕައާއެކު ސާބިތުވެ“

ކުރީގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު
ޝެއާރކޮށްލާ ކަހަލަދޯ؟

އަބްދުﷲ ޝާހިދަކީ އޭނާގެ މައްޗަށް ތުހުމަތުކުރާ ފަދަ ކުށެއް ކޮށްފާނެ ބޭފުޅެއް ނޫން ކަމަށާއި އާއިލާ ތިބީ އޭނާއާއެކު ސާބިތުވެ ކަމަށް ޝާހިދުގެ ދަރިކަލުން ޔާމިން ޝާހިދު ބުނެފިއެވެ.

ޔާމިން އެކްސްގައި ބުނެފައިވަނީ އޭނާގެ ބައްޕާފުޅުގެ މިޒާޖާއި، އޭނާގެ އަހްލާގީ މިންގަނޑުތަކާއި، އޭނާއަކީ ކޮން ކަހަލަ އިންސާނެއްކަން ދަންނަ ކަމަށެވެ. އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކަކީ އޭނާ ދުވަހަކުވެސް ކުރާނެ ފަދަ ކަންކަމެއް ނޫން ކަމަށާއި ސާބިތުކަމާއެކު އޭނާއާއެކުގައި ދެމިހުންނާނެ ޔާމިން ބުނެފައިވެއެވެ.

އެ ތުހުމަތުތަކަކީ އޭނާގެ އަބުރު ކަތިލުމުގެ މަގުސަދުގައި ސިޔާސީ ސަބަބުތަކާ ހެދި ކުރާ ކަންކަން ކަމަށް ބުނެ، އޭނާ ވަނީ އެކަން ކުށްވެރިކުރައްވާފައެވެ. އަދި ބައްޕާފުޅު ހައްޔަރުކުރި މަންޒަރު ފެނުމަކީ ހިތްދަތި ކަމެއް ކަމަަށާއި އަދި މިކަން ހިނގައިދިޔަ ގޮތުން ސީރިއަސް ސުވާލުތަކެއް އުފެދޭ ކަމަށް ބުނެފައިވެއެވެ.

އިންސާފާއި، ގާނޫނީ އިޖުރާއަތްތަކާ އެއްގޮތަށް އަމަލުކުރުމާއެކު އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ފުރިހަމަ ފުރުސަތު ބައްޕާފުޅަށް ލިބެންޖެހޭ ކަމަށް ޔާމިން ބުނެފައިވެއެވެ. އަދި އާއިލާ ތިބީ ޝާހިދާއެކު ސާބިތުވެ ކަމަށާއި އެކަމަށް ބަދަލެއް ނާންނާނެ ކަމަށް ބުނެފައިވެއެވެ.

”އަޅުގަނޑުމެންގެ އާއިލާ ތިބީ ސާބިތުކަމާއެކު ބައްޕައާއެކުގައެވެ. އަޅުގަނޑުމެން ގުޑުމެއް ނާރާނެއެވެ.“ ޔާމިން ބުނެފައިވެއެވެ.

ރޭ ޝާހިދު ހައްޔަރުކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ އެޕާޓްމަންޓުންނެވެ. ހައްޔަރުކުރުުމަށްފަހު ދޫނިދޫއަށް ގެންގޮސްފައިވާއިރު، މިއަދު އޭނާގެ ބަންދުގެ މުއްދަތު ޖަހާނެއެވެ.

2028 ގެ ރިޔާސީ އިންތިހާބުގެ އެމްޑީޕީ ރިޔާސީ ޓިކެޓަށް ކެމްޕެއިން ވެސް ކުރައްވަމުން ގެންދަވާ ޝާހިދުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ފެންމަތިވީ ރޭގެ ވަގުތެއްގައެވެ. އަދި ޝާހިދު ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ގެ ބަލައިފާސްކުރުމަށް ފަހުއެވެ.

ފުލުހުން މީޑިއާތަކަށް ބުނެފަައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ހައްޔަރުކުރަން އުޅޭކަމުގެ އަޑުތަކާއެކު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: