ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ޝާހިދުގެ ބަންދަށް 30 ދުވަސް

އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު: ފޮޓޯ/ އެމްޑީޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

ޖިންސީ ގޯނާގެ ތުހުމަތުގައި ހައްޔަރުކުރި ކުރީގެ ފޮރިން މިނިސްޓަރު އަދި އދ.ގެ އާންމު މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދުގެ ބަންދަށް ކްރިމިނަލް ކޯޓުން 30 ދުވަސް ދީފިއެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ޝާހިދު ރޭ ހައްޔަރުކުރީ، އޭނާ ދިރިއުޅޭ ހުޅުމާލޭ އޯޝަން ފްރަންޓް ރެޒިޑެންސްއިންނެވެ. ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން އެ އެޕާޓްމެންޓު ބަލައިފާސްކޮށްފައެވެ.

އޭނާގެ ބަންދަށް މިއަދު 30 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާކަން ފުލުހުންގެ ތަރުޖަމާނު ވަނީ ”ސަންގަށް“ ކަށަވަރުކޮށްދެއްވައިފައެވެ.

އެނގިފައިވާ ގޮތުގައި، އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައިވަނީ އޭނާ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވެދާނެ ކަމަށާއި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހްތިމާލްވެސް އެބަ އޮތް ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތު އުފެދޭ މިންވަރަށް ހެކި ހުރިކަމަށްް ވެސް އަމުރުގައިވެއެވެ.

ފުލުހުން ރޭ މީޑިއާތަކަށް ބުނެފަައިވަނީ ޝާހިދު ހައްޔަރުކުރީ އުމުރުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި ބުނީ، މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

ޝާހިދުގެ ގެ ބަލައިފާސްކުރަމުން ދަނިކޮށް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ އޭނާގެ ޝަހުސު ކަތިލުމަށް ސިޔާސީ ގޮތުން ފަތުރަމުންދާ ވާހަކަތަކަކީ އެއްވެސް އަސްލެއް ނެތް ދޮގެއް ކަމަށެވެ. އަދި އެފަދަ ސާބިތު ނުހިފޭ ވާހަކަ ނުފެތުރުމަށް އެދިވަޑައިގަތެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: