ރާއްޖެއަށް އެލަން މަސްކުގެ ސްޓާލިންކް ކުންފުނިން އިންޓަރނެޓުގެ ހިދުމަތް ދޭން ފަށައިފިއެވެ.
ސްޓާލިންކުގެ ސޯޝަލްމީޑިއާއިންވަނީ ރާއްޖެއަށް ހިދުމަތް ދޭން ފަށާފައިވާކަން ހާމަކޮށް ޕޯސްޓެއްކޮށްފައެވެ. އަދި ހިދުމަތް ހޯދުމަށް ބޭނުންކުރާނެ ވެބްސައިޓުގެ ލިންކުވެސް ހިމަނާފައިވެއެވެ. ސްޓާލިންކުން ހާމަކޮށްފައިވާގޮތުން، އެ ކުންފުނީގެ އިންޓަރނެޓުގެ ހިދުމަތް ލިބިގަތުމަށް މަހެއްގެ މައްޗަށް ހިނގާނީ އެއް ހާސް ރުފިޔާއެވެ. އެއް ހާސް ރުފިޔާ ދެއްކުމުން މަހެއްގެ މައްޗަށް އަންލިމިޓެޑް ކޮށް ހިދުމަތް ލިބޭނެކަމަށްވެސް ބުނެފައިވެއެވެ.
ސްޓާލިންކުގެ ހިދުމަތް ލިބިގަތުމަށް ބޭނުންވާ ވަސީލަތްތަކުގެ އަގުވެސް އެ ކުންފުނިން ވެބްސައިޓުގައި ހިއްސާކޮށްފައިވެއެވެ. ހިދުމަތް ލިބިގަތުމަށް ބޭނުންވާ މީހުން އެއް ފަހަރެއްގެ މަތިން ދިހަ ހާސް ރުފިޔާ ދައްކަންޖެއެވެ. އެ ތަކެތި ރާއްޖެއަށް ފޮނުވައިދިނުމަށް ޝިޕިންގް ހަރަދެއްގެ ގޮތުގައި 350 ރުފިޔާ ހިނގާނެކަމަށްވެސް ބުނެފައިވެއެވެ.
Starlink’s high-speed internet is now available in the Maldives 🛰️🇲🇻❤️→ https://t.co/G1myzWJQ6j pic.twitter.com/V1N2og86HN
— Starlink (@Starlink) November 9, 2023
ސްޓާލިންކުން ރާއްޖެއަށް ފޮނުވައިދޭނެ ވަސީލަތްތަކުގެ ތެރޭގައި އެ ކުންފުނީގެ ޑިޝް އެންޓަނާ އަދި ހަރުކުރުމަށް ބޭނުންވާ އާލާތްތަކުގެ އިތުރުން ރައުޓަރާއި އެކަމަށް ބޭނުންވާނެ ކޭބަލްތައްވެސް ހިމެނެއެވެ. މި ހިދުމަތުގެ ދަށުން 200 އެމްބީޕީއެސްގެ ސްޕީޑެއް ލިބޭނެކަމަށްށް ހާމަކޮށްފައިވެއެވެ.


One Response
އެއްފަހަރާ ދައްކަންޖެހޭ އެމައުންޓް ބޮޑު ވީމަ އިންސްޓޯލްމެންޓް އަކައް ބަހާލެވޭނެ ގޮތެއް ވިއްޔާ ބަރާބަރުވާނެ،