ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިރާގު ރޯޑް ރޭސްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ މަހު ބޭއްވި ދިރާގު ރޯޑް ރޭސްގެ ވަނަތަކަށް ދިޔަ ފަރާތްތަކަށް އިނާމް ހަވާލުކޮށްފިއެވެ.

ދިރާގު ހެޑް އޮފީހުގައި ބޭއްވި ހާއްސަ ހަފްލާއެއްގައި ވަނީ ދިރާގު ރޯޑް ރޭސް ކާމިޔާބު އިވެންޓަކަށް ހެދުމަށް އެހީތެރިކަން ފޯރުކޮށްދިން ވޮލެންޓީއަރުންނާއި ޕޭސާސްގެ އަގު ވަޒަންކޮށްފައެވެ.

މިއަހަރުގެ އިވެންޓްގައި ރަން ވަނަތައް ހާސިލްކުރި 31 ފަރާތަކަށް އެވޯޑް ހަވާލުކޮށްފައިވާ އިރު، އޭގެ ތެރޭގައި ހާފް މެރެތަން، 10ކޭ، 5ކޭ އޯޕަން، 5ކޭ ސްކޫލް – 13 އަހަރުން މަތީގެ އަދި 5ކޭ – ސްކޫލް 13 އަހަރުން ދަށުގެ ކެޓެގަރީތަކުން ރާއްޖޭގެ 14 ދުވުންތެރިންނާއި ބައިނަލްއަގުވާމީ ފަސް ދުވުންތެރިންގެ އިތުރުން 12 ސްކޫލް ކުދިން ހިމެނެއެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު އިސްމާއިލް ރަޝީދު ވަނީ ރޭހުގެ ވަނަތައް ހާސިލްކުރި ދުވުންތެރިންނަށް ހޫނު މަރުހަބާއެއް ދަންނަވާ، އެފަރާތްތަކުން ހޯދި ކާމިޔާބީގެ އަގު ވަޒަން ކުރައްވައިފައެވެ. ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ހަމައެކަނި ގައުމީ އަދި ބައިނަލްއަގްވާމީ ދުވުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނަ ހަރަކާތެއް އިތުރުން، މިދުވުމުގައި ބައިވެރިވާ ކޮންމެ ދުވުންތެރިއެއްގެ ފިޔަވަޅަކީވެސް ކުޑަކުދިންގެ ރައްކާތެރިކަމަށް އެޅޭ ފިޔަވަޅެއްކަން ފާހަގަކުރެއްވިއެވެ.

ދިރާގުން ވަނީ ރޭގެ ހަފްލާގައި ޖުމްލަ 635,000 ރުފިޔާ ރޯޑް ރޭހުގެ އެންޑޯސްޑް އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ. އެގޮތުން ރޭހުގެ ބައިވެރިން އެންމެ ގިނައިން ނޮމިނޭޓްކުރި ފަސް އެން.ޖީ.އޯއަކަށް ޖުމްލަ ދެ ލައްކަ ރުފިޔާގެ އެހީތެރިކަން ވަނީ އެކުންފުނިން ފޯރުކޮށްދީފައެވެ. އަދި ބައިވެރިންގެ ރަޖިސްޓްރޭޝަން ފައިސާގެ ބަޔަކާއި ރީތި ބިބް ނަމްބަރު ވިއްކައިގެން ލިބުނު ފައިސާ ވަނީ ރޯޑް ރޭހުގެ އެންޑޯސްޑް 12 އެން.ޖީ.އޯއަށް ހަވާލުކޮށްފައެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ކޮންމެ އަހަރަކު ބާއްވާ އެންމެ ބޮޑު ދުވުމުގެ އިވެންޓެވެ. އެގޮތުން މިއަހަރުވެސް 4000 އަށް ވުރި ގިނަ ބައިވެރިން ރެޖިސްޓރ ކުރިއިރު 27 ގައުމެއްގެ ދުވުންތެރިން ބައިވެރިވިއެވެ. އަދި 31 ސްކޫލެއްގެ ދަރިވަރުންވެސް ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި އަތޮޅުތެރޭގެ 7 ސްކޫލެއްވެސް ހިމެނެއެވެ.

މި ހަފްލާގައި ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 25 އޮކްޓޫބަރު 2024 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: