ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމެއް ބިނާކުރަން އެންމެ މުހިންމު ހަތިޔާރަކީ މަސައްކަތްތެރި އަތްތައް: ރައީސް

ރައީސް މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ނައިބުރައީސް ލަތީފް އާއި އެމަނިކުފާނުގެ އަނބިކަނބަލް އައިޝަތު އާފްރީން މުހައްމަދު: ފޮޓޯ/ ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމު ހަތިޔާރަކީ މަސައްކަތްތެރި އަތްތައްކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ރައީސްކަމުގެ މަގާމަށް ހުވާކުރައްވައި ދެއްވި ތަގުރީގުގައި ރައީސް މުއިއްޒުވަނީ ދިވެހިރާއްޖޭގައި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ މަސައްކަތްތައް ކުރައްވާ ފަރާތްތަކާއި މުހާތަބުކުރައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ގައުމެއް ބިނާކުރުމުގައި އެންމެ މުހިންމުވަނީ އެ ގައުމެއްގެ މަސައްކަތްތެރިންކަމަށާއި ދިވެހިރާއްޖޭގެ 4000 އަހަރުގެ ތާރީހުގައި ރައްޔިތުންނަށް ބަނޑުފުރާނަ މުއްތިކޮށްދިނުމުގައި އެންމެ އިސްދައުރެއް އަދާކުރައްވާފައިވަނީ ދިވެހި ދަނޑުވެރިންނާއި މަސްވެރިންކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، މިއަދުވެސް އެ ހަގީގަތަށް ބަދަލެއް އައިސްފައިނުވާކަމަށާއި ކާން ބޯންޖެހޭ ޖެހުމަށް އެއްވެސް ބަދަލެއް އައިސްފައިނުވާކަމަށް އިޝާރާތްކުރެއްވިއެވެ. އެހެންކަމުން މަސްވެރިކަމާއި ދަނޑުވެރިކަމުގެ އިތުރުން އިމާރާތްކުރުމާއި ވަޑާންކުރުން ފަދަ މަސައްކަތްތެރިކަމަށް އެމަނިކުފާނުގެ ސަރުކާރުން ވަރަށް އިސްކަން ދޭނެކަމަށް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ، ސަރުކާރުން އެ ދާއިރާތަކާއި ޒަމާނީ އިލްމާއި ވަސީލަތްތަކާއި ރަހުމަތްތެރިކޮށްދޭނެކަމަށެވެ.

ރައީސް މުއިއްޒު ވިދާޅުވީ، ސަރުކާރުން ދުނިޔޭގައި ހުރި އެންމެ ފަހުގެ ވަސީލަތްތައް އެ ދާއިރާތަކުގެ ތެރެއަށް ތައާރަފްކޮށްދެއްވާނެކަމަށާއި އާމްދަނީއާއި ހުނަރު އިތުރުކުރުމުގެ މަގު މާ ލަސްތަކެއް ނުވެ ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، އެކަންކަން ފަސްތަކެއް ނުވެ މަސްވެރިންނާއި ދަނޑުވެރިންނަށް އަމިއްލައަށް ތަޖުރިބާކުރެއްވޭނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: