ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒުގެ ލިޔުންތެރިންނަށް: ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފަތުރައްވާ!

ރައީސުލްޖުމްހޫއްޔާ ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދިވެހި ލިޔުންތެރިންނަށް ނަސޭހަތްތެރިވެވަޑައިގެންފިއެވެ.

މިއަދު ފާހަގަކުރަމުންދާ ލިޔުންތެރިންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގެ 34 ވަނަ ލިޔުންތެރިންގެ ދުވަހުގެ ތަހުނިޔާ ރާއްޖޭގެ ލިޔުންތެރިންނަށާއި ރައްޔިތުންނަށް ފޮނުއްވައިފައެވެ.

އެމަނިކުފާނު ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނަކީ އުނގަންނައިދިނުމާއި ތެދު މައުލޫމާތު ފެތުރުމަށް އަދި ލިޔުންތެރިކަން ފެތުރުމަށް އަދި ލިޔުންތެރިކަން ކުރިއެރުވުމަށް ބާރުއަޅާ ދީނެއް ކަމަށެވެ.

އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިޔަކު ވެސް ހައްގުބަސް ފެތުރުމަށާއި ރީތިކޮށް މުހާތަބުކުރުމަށާއި، ތިމާއާއި އަނެކުންނަށް މިއަދާއި މާދަމާ ވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވެވަޑައިގަންނަވާ ކަމަށެވެ.

”އެހެންކަމުން، ދިވެހިބަހުން ލިޔާ ކޮންމެ ލިޔުންތެރިޔަކުވެސް، ހައްގުބަސް ފެތުރުމަށާއި، ރީތިކޮށް މުހާތަބުކުރުމަށާއި، ތިމާއަށާއި އަނެކުންނަށް މިއަދާއި މާދަމާވެސް ފައިދާކުރާނެ ރަނގަޅު ވާހަކަތަކާއި ފިކުރުތައް ފެތުރުމަށް ނަސޭހަތްތެރިވަން،“ ރައީސް މުއިއްޒު

އޭގެ އިތުރުން، ދިވެހި ލިޔުންތެރިން ވާން ޖެހޭނީ ގައުމު އަބަދުވެސް ފަހުރުވެރިވާނެ ގައުމަށް ފާގަތިވާނެ ގޮތަށް ލިޔާ، އަމާނާތްތެރި، ގައުމު ދެކެ ލޯބިވާ ބަޔަކަށް ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ރާއްޖޭގެ އެހާރާއި މިހާރުގެ ލިޔުންތެރިންގެ ތެދުވެރި މަސައްކަތްތަކުގައި ބަރަކާތްލެއްވުމަށް ވެސް ރައީސް މުއިއްޒު ދުއާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: