ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2025 ވަނަ އަހަރަކީ، ތަރައްޤީގެ އަަހަރު: ރައީސް

މޯލްޑިވިއަންގެ އެއާބަސް އޭ330 ގެނައުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

2025 ވަނަ އަހަރަކީ، ތަރައްޤީގެ މުޅިން އައު އަހަރަށް ވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ވައިޑް ބޮޑީ އެއާކުރާފްޓް އޮޕަރޭޝަން ތަައާރަފްކުރުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ކޮންމެ ދާއިރާއަކުންވެސް އަމަލީގޮތުން ތަރައްޤީ ފެނިގެންދާނެކަމަށެވެ. ގިނަ ރައްޔިތުންގެ މެދުގައި ދެކެވޭ އެއް ވާހަކަ އަކީ މިދިޔަ އަހަރު އެއްވެސް ތަރައްޤީގެ މަސައްކަތެއް ނުފަށާ ކަމުގެ ވާހަކައެވެ. ނަމަވެސް ތަކުރާރުކޮށް ރައީސް ޔަޤީންކަން އެެރުވުމުގެ ގޮތުން މި ރަސްމިއްޔާތުގައި ވިދާޅުވެފައި ވަނީ، އިޤްތިސާދީ ގޮތުން އުމްރާނީ ގޮތުން ދާއިރާއާއި ގުޅޭ ތަރައްޤީއާއި އަދި އިޖްތިމާއި ގޮތުން ގެންނަން އޮތް ހެޔޮ ބަދަލުތައް ރައްޔިތުންނަށް ފެނިގެންދާނެކަަށެވެ.

”އަޅުގަނޑުމެން ބޭނުންވަނީ ޤައުމަށް ތަރައްޤީ އަންނަން. ތަރައްޤީއާއެކު ޤައުމުގައި ހަމަޖެހުން ޤާއިމުވެގެންދާން. ހަމަޖެހުން ޤާއިމުވެގެން ދިއުމާއެކުގައި، ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ޔަގީންކަމާއެކީގައި ދެމެހެއްޓިގެން ދިއުން. މި ތިން ކަންތައް އެކުއެކީގައި، ހާސިލުވެގެންދާ، ވަށައިޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެސްދިނުމަށް އަޅުގަނޑުމެން މަސައްކަތް މި ކުރަނީ. އަޅުގަނޑުމެން އެންމެން އެކުގައި މި ކުރާ މަސައްކަތް އިރާދަކުރެއްވިއްޔާ ކާމިޔާބުވެގެންދާނެ“ ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ބޭނުންވަނީ ގައުމަށް ތަރައްގީ ގެނައުމަށްކަމަށާއި، އެ މަސައްކަތުގެ ތެރޭގައި ގައުމުގައި ހަމަޖެހުން ގާއިމުވެ އޮތުން މުހިންމުކަމަށެވެ. އަދި ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމުގެ މުހިންމުކަން ފާހަގަކުރެއްވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރާ މަސައްކަތަށް ކާމިޔާބު ލިބޭނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، މި އަހަރަކީ ވަރަށް ބާރުމިނުގައި ގައުމުގެ ތަރައްޤީގެ މަޝްރޫއުތަށް ކުރިއަށް ދާނެ އަހަރެއް ކަމަށެވެ.

ތަރައްގީގެ މަޝްރޫއުތައް 2024 ވަނަ އަހަރު އެދެވޭ ބާރު ސްޕީޑެއްގައި ކުރިޔަށް ގޮސްފައި ނުވަނީ ރައީސް މީގެ ކުރިން ވިދާޅުވި ގޮތުގައި ބަޖެޓުގައި ހުރި ދަތިތަކުގެ ސަބަބުންނެވެ. އެހެން ނަމަވެސް މި އަހަރަށް ފާސްކުރި ބަޖެޓާއި އެކު ރައްޔިތުންނާއި ހަމައަށް ވައުދުތައް ފުއްދަވައިދެއްވާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: