ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީވާ ވަކިކުރުމުގެ މައްސަލަ އާދިއްތަ ދުވަހަށް އެޖެންޑާ ކުރަނީ!

ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް، ގަލޮޅު އުތުރު ދާއިރާ މެމްބަރު އީވާ އަބްދުﷲ. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އީވާ އަބްދުﷲ ވަކިކުރުމަށް ހުށައަޅާފައިވާ މައްސަލަ އަންނަ އާދިއްޔަ އެޖެންޑާކުރުމަށް ނިންމައިފިއެވެ.

މަޖިލީހުގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު ހަސަން ޒިޔާއު މައުލޫމާތުދެއްވާފައިވާ ގޮތުގައި މި މައްސަލަ އެޖެންޑާ ކުރުމަށް ނިންމާފައިވާކަން ވަނީ މެންބަރުންނަށްވެސް އަންގާފައެވެ.

މި މައްސަލައިގައި އަމީން އާންމު މެންބަރުންނަށް ފޮނުވި ސިޓީގައި ވަނީ މަޖިލީހުގެ ގަވާއިދުގެ 206 ވަނަ މާއްދާގެ (ނ) ގައި ބަޔާންކުރާ މުއްދަތު ދިނުމަށްފަހު، އެންމެ އަވަހަށް އަންނަ ރަސްމީ ބަންދު ނޫން ދުވަހަކު ބާއްވާ ޖަލްސާއަށް އެ ގަރާރު ހުށަހަޅަންވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގެ 205 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ގަވާއިދާއި އެއްގޮތަށް ޑިސެމްބަރު 3 ވަނަ ދުވަހު ބާއްވާ ޖަލްސާ މި މައްސަލަ އެޖެންޑާ ކުރާނެކަމަށް އަމީން އާންމު ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ކުރިއަށް ގެންދާނެ ގޮތާއިމެދު އާންމު ކޮމިޓީއިން ވަނީ މަޝްވަރާކޮށްފައެވެ. އެގޮތުން ނިންމާފައިވަނީ މި މައްސަލައިގައި ކޮންމެ މެންބަރަކަށް ތިން މިނިޓަށް ވުރެ އިތުރު ނުވާނެ ގޮތުގެ މަތިން ފުރުސަތު ދިނުމަށެވެ. ކޮންމެ މެންބަރަކަށްވެސް ލިބޭނީ އެއް ފުރުސަތެވެ.

އީވާ ގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށައަޅާފައިވަނީ 50 މެންބަރުންގެ ސޮޔާއިއެކުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: