ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު ޗައިނާއަށް

އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު އަދި ޗައިނާގެ ސަފީރު: ފޮޓޯ/ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ މުހައްމަދު މުއިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ފުރާވަޑައިގެންފިއެވެ.

ރައީސް މުއިއްޒު ޗައިނާ އަށް ވަޑައިގަންނަވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު އާއިކުކަމަށްވާއިރު، މި ދަތުރަކީ އެ ގައުމުގެ ރައީސް ޝީ ޖިން ޕިންގް ގެ ދައުވަތަކަށް ކުރައްވާ ދަތުރެކެވެ. މި ދަތުރުގެ ތެރެއިން މުހިންމު ގިނަ މަޝްވަރާތަކެއް ކުރެވި ކުރިއެރުންތަކެއް ލިބިގެންދާނެއިރު، މިއީ ރައީސް ކުރައްވާ ދެވަނަ ރަސްމީ ދަތުރުކަން ފާހަގަކުރެވެއެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަަމަ ދަތުރުކުރެއްވި ރަސްމީ މަންޒިލަކީ ތުރުކީކަމަށްވާއިރު، އެ ގައުމަށް ކުރެއްވި ދަތުރުގެ ތެރެއިން ތުރުކީ އާއި ރާއްޖެ ދެމެދު އެއްބަސްވުންތައް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވިފައިވެއެވެ.

ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވެސް ވަނީ 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާއަށް ދަތުރެއް ކުރައްވާފަ އެވެ. އެމަނިކުފާނު ވަޑައިގެންނެވީ ”ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމް އޮން ޑިވެލޮޕްމަންޓް ކޯޕަރޭޝަން“ ގައި ބައިވެރިވެވަޑައިގަތުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 14%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 71%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: