ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް މުއިއްޒު، ސިނަމާލެ ބްރިޖު ހެދި ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފި

ރައީސް މުއިއްޒު، ސިނަމާލެ ބްރިޖު ހެދި ކުންފުނީގެ ވެރިންނާ ބައްދަލު ކުރެއްވުން - ފޮޓޯ: ވަަޒީރު ޒަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒު، މާލެ އާއި ހުޅުލެއާ ގުޅުވާލަދިން ސިނަމާލެ ބްރިޖު ހެދި ޗައިނާ ކުންފުނީގެ ވެރިންނާ ބައްދަލު ކުރައްވައިފިއެވެ.

ރައީސް ޑރ. މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ޗައިނާއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިއަދު ހެނދުނު ޗައިނާއަށް ވަޑައިގެންނެވިއިރު، އެ ގައުމުގެ ކުންފުނިތަކުގެ އިސް ބޭފުޅުންނާއި ގައުމުގެ ވެރިންނާއި ދަނީ ބައްދަަލު ކުރައްވަމުންނެވެ.

މިގޮތުން އެމަނިކުފާނު މިއަދު ވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބްރިޖެއް ތަރައްގީ ކުރި ކުންފުނި ކަމަށް ޗައިނާގެ ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ) އާ ބައްދަލު ކުރައްވާފައެވެ.

މި ބައްދަލު ކުރެއްްވުމާއި ގުޅޭ ގޮތުން ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ސިނަމާލެ ބްރިޖް ތަރައްގީ ކުރި ކުންފުނީގެ ވެރިންނާއެކު ރައީސް ޑރ. މުއިއްޒު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި އޭނާ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.

ޗައިނާ ކޮމިއުނިކޭޝަން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ ގެ ޓީމުން ކުރިއަށް ގެންދިޔަ އެންމެ މުހިންމު އެއް މަޝްރޫއު ކަމަށްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖަކީ މާލެ ސަރަހައްދުގެ ތަރައްގީއަށް ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ މަޝްރޫއެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: