އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަ ކުރައްވާ ކެންޑިޑޭޓް އަދި އެމްޓީސީސީގެ ކުރީގެ ސީއީއޯ އާދަމް އާޒިމް ވޯޓު ލައްވައިފިއެވެ.
ހުރިހާ ކެންޑިޑޭޓުންގެ ތެރެއިން އެންމެ ފުރަތަމަ ވޯޓު ލެއްވި ކެންޑިޑޭޓަކީ އާޒިމެވެ. އަދި ވޯޓު ލެއްވުމަށްފަހު މީޑިއާ ތަކާއި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ ހުރިހާ ބޭފުޅުންވެސް ވީހާވެސް އަވަހަށް ވޯޓު ލުމަށެވެ.
މިއަދު ހެދުނު 8:00 އިން ފެށިގެން 16:00 އާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންދިއުމަށް އީސީ އިން ހަަމަޖެހިފައިވީނަމަވެސް މޫސުން ގޯސް ވުމުގެ ސަބަބުން އީސީ އިން ވަނީ ވޯޓު ލުމުގެ ވަގުތު މިއަދު ހަވީރު 17:00 ހަމައަށް ވަގުތު އިތުރުކޮށްފައެވެ.
މާލޭގެ މޭޔަރު ކަމަށް ފަސް ކެންޑިޑޭޓުން ވާދަކުރައްވާއިރު އަމިއްލަގޮތުން ދެ ކެންޑިޑޭޓަކު އަދި ސީޔާސީ ޕާޓީތަކުން ތިން ކެންޑިޑޭޓަކު ވަނީ ކުރިމަލައްވާފައެވެ. އޭގެތެރޭގައި ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރާއި، އެމްޑީޕީގެ ފަރާތުން އާދަމް އާޒިމާއި، ދަ ޑިމޮކްރެޓްސްގެ ފަރާތުން ސައިފް ފާތިހް ހިމެނެއެވެ. އަމިއްލަގޮތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ތެރޭގައި ހުސެއިން ވަހީދާއި ޝުއައިބު އަލީ ހިމެނެއެވެ.

