ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރުހުން ނުދޭން އުޅެނީ ސަރުކާރު ބަލިކަށި ކުރަން: އުޝާމް

ބަންޑާރަ ނައިބު އަހްމަދު އުޝާމް/ ފޮޓޯ: ރަީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު މައި ޕާޓީ އެމްޑީޕީއާއި، ޑިމޮކްރެޓްސް ޕާޓީ ގުޅިގެން ބައްދަލުވުންތަކެއް ބޭއްވުމަށް ފަހު އެބޭފުޅުން ބޭނުންވާ ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމީ ޒާތީ ނިޔަތެއްގައި ސަރުކާރު ބަލިކަށި ކުރުމަށްކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

ރުހުން ނުދޭން ނިންމި ބޭފުޅުންގެ ތެރޭގައި އުޝާމްގެ ނަން ވެސް ހިމެނޭއިރު، އެއީ ކޮން ސަބަބަކާއި ހުރެކަން ދެ ޕާޓީން ވެސް ސާފުކޮށް ނުދެއެވެ.

ސަރުކާރަށް ދެ މަހެއްހާ ދުވަސް ވެގެން ދިޔައިރުވެސް، އަދި މިހާތަނަށް ވަޒީރުންނަށް ރުހުން ދީފައެއް ނުވެއެވެ. ކޮމިޓީގެ ނިންމުމަށްފަހު، މި މައްސަލަ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކުރި ނަމަވެސް، ވުޒާރާތަކުގެ މެންޑޭޓު ރައީސް އޮފީހުން މަޖިލީހަށް ނުފޮނުވާ އޮތުމުން މައްސަލަަ ކުރިއަށް ނުގެންދެވުނެވެ.

އެއަށްފަހު މިއަދު ދައުރުން ބޭރުން ބޭއްވި ޖަލްސާއަށް މި މައްސަލަ އެޖެންޑާކޮށްފައިވާއިރު، ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއިން ވަނީ ވަޒީރުންނަށް ރުހުން ދޭން ފެންނަކަމަށް ނިންމާފައެވެ.

މި މައްސަލައިގައި ޑިމޮކްރެޓްސްއިން ބަޔާނެއް ނެރެ ބުނީ ޑިމޮކްރެޓްސް ބިނާވެގެންވާ އަސާސްތަކުގެ މައްޗަށް ބަލާއިރު އެ ޕާޓީން އިންތިހާއަށް ކަންބޮޑުވާ ސިޔާސަތުތަކެއް ރައީސް ޑރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅުއްވައިކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވަމުން ގެންދަވާކަން ފާހަގަކުރެވޭއިރު، މި ސަރުކާރުގެ ކެބިނެޓްގެ ބައެއް ވަޒީރުންނަށް ރުހުން ނުދިނުމަށް ދަ ޑިމޮކްރެޓްސްގެ ޕާލަމެންޓްރީ ގްރޫޕުގެ ބައްދަލުވުމުގެ މަޝްވަރާއަށް ފަހު އިއްތިފާގުން ވަނީ ނިންމާފައިކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޤާނޫނީ މީހަކު ދައްކަންޖެހޭވާހަކައެއްނޫން ތިއީކީ. ރައްޔިތުންގެ މަޖީލީހަކީ ޤާނޫނުގަ އޮންނަގޮތަށް ހިންގާ ތަނެއްގެގޮތުގަ ރާއްޖޭގެ މެޖޯރިޓީ މީހުންދެކެނީ. ރުހުންދޭން ނުފެނަމީހުނަށް ރުހުން ނުދިނަސް އެކަމަށް ކުރަވޭނެ ކަމެއްނެތް. ނުރުހޭބަޔަކު ނުރުހުނަސް މަޖިލިސް މެމްބަރުންނަކީ ރައްޔަތުން ވޯޓުދީގެން ހޮވާފަތިބޭ ބައެއް. ޥޯޓުދިނީ ރުހޭތީތާ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: