ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިން ހަމައެކަނި ދިވެހިންނަށް ބިން ވިއްކަން ފަށައިފި

ތިލަފުށިން ބިން ވިއްކަން ހުޅުވާލައިފި: އެޗްޑީސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތިލަފުށި ބީލަމުގެ އުސޫލުން ސިނާއީ ބޭނުމަށް ބިން ގަތުމުގެ ފުރުސަތު ހަމައެކަނި ދިވެހިންނަށް އަަލުން ހުޅުވަލައިފިި އެވެ.

ތިލަފުށިން ވިއްކުމަށް ހަމަޖެހިފައިވަނީ ޒޯން އޭގެ އޭރިއާގެ ބީގައިވާ ނުވިކިހުރި ބިންތަށް ކަމަށެވެ. އަދި ބިންވިއްކުމަށް ހަމަޖެހިފައިވާ އުސޫލުތަކަކީ:

ޕްލޮޓް އެކެއް: ޕްލޮޓްގެ އަދަދު : 64 ،  ބޮޑުމިން ( އަކަފޫޓު ) 4،999-2،500

ޕްލޮޓް ދޭއް: ޕްލޮޓްގެ އަދަދު : 42 ،  ބޮޑުމިން ( އަކަފޫޓު ) 9،999-5،000

ޕްލޮޓް ތިނެއް: ޕްލޮޓްގެ އަދަދު : 2 ،  ބޮޑުމިން ( އަކަފޫޓު ) 14،999-10،000

ބިންވިއްކުމަށް ބީލަމުގެ އުސޫލުން ހަމަޖެހިފައިވާ ގޮތަކީ މީލާދީ ގޮތުން 18 އަހަރު ފުރިފައިވާ ދިވެހި ރައްޔިތެއްކަމުގައިވުން ނުވަތަ 100 އިންސައްތަ ދިވެހި އޮންނަ ކުންފުންޏެއް ކަމުގައި ވުން ކަމަށް ބަޔާނުގައި ވެއެވެ. ބީލަން ފެށޭ އަގަކީ އަކަފޫޓަކަށް 1،700 ރުފިޔާ ކަމަށް އެޗްޑީސީން ބުނެފައި ވެއެވެ.

އެ ބިންތައް ވިއްކަން ހަމަޖައްސާފައިވަނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާ އަކީ އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) އެވެ. އަދި ދެވަނަ ގޮތަކީ ކަނޑައަޅާފައިވާ ބިމަށް އެއް ފަރާތަށް ވުރެ ގިނަ ފަރާތުން އީއޯއައި ހުށަހަޅާފައި ވާނަމައެވެ. އޭގެ އިތުރުން ތިލަފުށީގެ ފުރަތަމަ ވަނަ ފިޔަވަހިން މިހާރު ކުއްޔަށް ނަގާފައިވާ ބިންތައް ގަނެ، މިލްކުކުރެވޭނެ ފުރުސަތު ވެސް ވަނީ ހަމަޖައްސައިފަ އެވެ.

މީގެއިތުރުން އެ ކުންފުނިން ބުނި ގޮތުގައި، އަބަދުވެސް މަސައްކަތް ކުރަމުން އަންނަނީ ލިބެން ހުރި ވަސީލަތްތައް ބޭނުންހިފޭނެ މަގު ތަނަވަސްކޮށް، ރައްޔިތުންނަށް ފައިދާ އަދި މަންފާތައް ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުމަށެވެ.

 

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: