ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މީޑިއާ ވިލެޖުގެ އަމަލީ މަސައްކަތާއި ހަމައަށް ވަރަށް އަވަހަށް ދެވޭނެ: އަސްވާޑު

ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް)
ޝެއާރކޮށްލާ ކަހަލަދޯ؟

މިނިވަންކަން ޔަގީންކޮށްދީ ނޫސްވެރިންނަށް ފަހި މާހައުލެއް ގާއިމު ކޮށްދިނުމަށް ސަރުކާރުން ކުރަން ނިންމާފައި ވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖްގެ މަސައްކަތް މިހާރު ވަނީ ވަޒީރުންގެ މަޖިލީހުން ނިންމާ އަމަލީ މަސައްކަތާއިހަމައަށް ދިޔުމުގެ މަގުމަތީގައި ކަމަށް ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އަސްވާޑް ވިދާޅުވީ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ މިފަދަދުވަހެއް ފާހަގަކުރަމުންދާއިރު ނޫސްވެރިންނާއި ނޫސްވެރިކަމަށް ދުނިޔޭގެ މަސްރަޙަށް ކުރިމަތިވެފައި ވަނީ މީންދުވަހަކުވެސް ނުދެކޭފަދަ ބިރުވެރި ނާމާން ދުވަސްތަކެއް ކަމަށެވެ. ފަލަސްޠީނުގެ ބިމަށް ވެރިވެގެންފައިވާ އިސްރާއީލުން ގައްޒާގެ އާންމުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގެ ކުށެއްނެތް އެތައް ހާސް ކުޑަކުދިންނާއި އަންހެނުން އަދި އާންމުންގެ އެތަށް ހާސްބަޔަކު ޝަހީދު ކުރަމުންދާއިރު އެ ޚަބަރުތައް ކަވަރުކުރުމަށް ކެނޑިނޭޅި ހިއްވަރާއެކު މަސައްކަތްކުރަމުންދާ އެތައް ސަތޭކަ ނޫސްވެރިންނެއްވެސް ޝަހީދު ކޮށްލާފައިވާކަމަށް އަސްވާޑް ވިދާޅުވިއެވެ. އަދި އެކަން އެކަން ކުށްވެރިކޮށް އިންތިހާއަށް އެކަމާއިމެދު ހިތާމަކުރައްވާ ކަމަށްވެސް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހެއް ފާހަގަ ކުރާ އިރު، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގެއް. ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ ސަރުކާރުގެ ސިޔާސަތު ނޫން. އަދި އެ ހައްގު ކަށަވަރު ކޮށްދެއްވާނެކަމުގެ ޔަގީންކަން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ދެއްވާފަ

އަސްވާޑް ވިދާޅުވީ ރައީސްކަމަށް ޑރ. މުއިއްޒު ވަޑައިގެންނެވި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ނޫސްވެރިންނަށް ޔަގީންކަން ދެއްވައި ޒިންމާދާރުކަމާއި މިނިވަންކަމާއެކު ނޫސްވެރިކަން ކުރާނެ މިނިވަން މާހައުލު ރާއްޖޭގައި ގާއިމު ކޮށްދެއްވާނެ ކަމަށާއި އެ މަގަށް މަސައްކަތްތައް ބައްޓަން ކުރުމުގައި ނޫސްވެރިންނަށް ކުރިމަތިވާ ގޮންޖެހުންތައް ނައްތަވާލައްވާނެ ކަމަށް ރައީސް ވިދާޅުވެފައިވާ ކަމަށެވެ.

މިނިވަން ނޫސްވެރިކަން ފުރިހަމަ ކުރުމަށް ގާނޫނީ އިމުގެ ތެރެއިން ގެންނަން ހުރި ބަދަލުތައް ގެނައުމުގެ މަސައްކަތް ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގެ ތެރޭގައި ހިމެނިގެން ކުރިއަށްދާއިރު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނާއި މޯލްޑިވްސް މީޑިއާކައުންސިލަކީ އެއް ގާނޫނަކުން ފުރިހަމަ ކުރެވިފައިވާ މުއައްސަސާ އަކަށް ހެދުމުގެ މަސައްކަތްވެސް ކުރިއަށް ދާކަން އަސްވާޑް ވަނީ ފާހަގަކުރައްވާފައެވެ. މީގެއިތުރުން ނޫސްވެރިކަން ކުރިއެރުވުމަށް ދައުލަތުގެ ބަޖެޓުން މަގުފަހި ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަންވެސް ފުރިހަމަ ކުރަމުން ދާކަމަށް އަސްވާޑް ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވީ ނޫސްވެރިކަމުގެ ދާއިރާއަށް މީހުން އަހުލުވެރި ކުރުވުމަށާއި ނޫސްވެރިކަމުގެ ދާއިރާއިން މަތީތައުލީމާއި ތަމްރީނުގެ ފުރުސަތުތައް ފަހިކޮށް ދިނުމަށް ވެސް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ނޫސްމަޖައްލާފަދަ ވަސީލަތްތައް ރަޖިސްޓްރީކުރުމަށް މިހާރުވާނީ ވަރަށްފަސޭހަ ގޮތްތަކެއް ހަމަޖައްސާފައި ކަމަށާއި އެއާއެކު ނޫސްމަޖައްލާ ރަޖިސްޓްރީކުރުން ގިނަވެފައިވާކަންވެސް އަސްވާޑް ވަނީ ފާހަގަަކުރައްވާފައެވެ.

މިހާތަނަށް ރާއްޖޭގައި 265 ނޫސް މަޖައްލާ ރަޖިސްޓްރީވެފައިވާކަމަށާއި، ނޮވެމްބަރު 17، 2023 ވަނަ އަހަރުން ފެށިގެން މިއަދާއި ހަމައަށް ބާރު ސްޕީޑެއްގައި ނޫސް މަޖައްލާތައް ރަޖިސްޓްރީކުރެވެމުން އަންނަކަމަށް އަސްވާޑް ވިދާޅުވިއެވެ. އެގޮތުން  މިވެރިކަމުގައިވެސް 17 ނޫސް މަޖައްލާ ރަޖިސްޓްރީކޮށްފައިވާ ކަމަށް އަސްވާޑް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: