ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަޟީހަތްވާނީ ދޮގު ހަބަރު ފަތުރާ މީހުން، ރައީސް މުއިއްޒުގެ ޓީމު އޮތީ ބަދަހިކޮށް: އަބްދުލްރަހީމް

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

ފަޟީހަތްވާނީ ދޮގު ހަބަރު ފަތުރާ މީހުންކަމަށާއި، ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުޢިއްޒުގެ ޓީމު އޮތީ ބަދަހިކޮށްކަމަށް އެމަނިކުފާނުގެ ހާއްސަ އެޑްވައިޒަރު އަބްދުލްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި އަބްދުލްރަހީމް ވިދާޅުވީ ރައީސް ޑރ މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ދިވެހީންގެ ކުރިމަތީގައި އެމަނިކުފާނުގެ އަގު ވައްޓާލައި އިތުބާރު ގެއްލުވާލުމަށް ކެނޑިނޭޅި ޙަގީގަތާ ޚިލާފު ދޮގު ވާހަކަތައް ފަތުރަމުން ދިޔަކަމަށެވެ.

އެ މަނިކުފާނަށް ފުރިހަމަ ތާއީދާ އިތުބާރު އެބަ އޮތްކަން ނިމިދިޔަ މަޖިލިސް އިންތިޚާބުގައި ދިވެހީން ނުކުމެ ސާބިތުކޮށް ދެއްވާފައިވާކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ.

މިކަން ބަލައި ނުގަނެވިގެން އެމަނިކުފާނުގެ ޓީމު ރޫޅާލުމަށް އަދިވެސް ދޮގު ހަބަރުތައް ފަތުރަމުންދާކަމަށް ވިދާޅުވިއެވެ. ނަމަވެސް މިކަމުގެ ސަބަބުން ފަލީހަތްވާނީ އެ ފަދަ ޚަބަރުތައް ފަތުރާ ފަރާތްތައްކަމަށް އަބްދުލްރަހީމް ވިދާޅުވިއެވެ. އަބްދުލްރަހީމް ވިދާޅުވިއެވެ.

އަބްދުލްރަހީމް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުޢިއްޒާއެކު ޓީމު އޮތީ ބަދަހިކޮށްކަމަށާއި، ދިވެހީން ދާނީ މުޢިއްޒު ދުވެލީގައި ގައުމައިގެން ކުރިޔަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: