ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފްކޮށްފި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޙައްޖާއި ޢުމްރާ ދަތުރުތަކުގައި ބޭނުންކުރެވޭގޮތައް އުރީދޫއިން ”ސައުދީ ޕާސްޕޯޓު“ގެ ނަމުގައި ރޯމިންގ ސިމެއް ތައާރަފުކޮށްފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. ޝަހީމް އަލީ ސައީދު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ސަޢޫދީ ޕާސްޕޯޓް ޓްރެވަލް ސިމް ތަޢާރަފްކުރުމަކީ ޙައްޖުވެރިންނަށް ލުއިފަސޭހަކަމާއެކު ސައުދީ އަރަބިޔާގައި ހުރެގެން ރާއްޖެއަށް ގުޅާލުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއް ކަމަށެވެ.

މި މަސައްކަތުގެ ސަބަބުން ޙައްޖުގެ ބަރަކާތްތެރި އަޅުކަމުގައި އުޅޭ ފަރާތްތަކަށް މުވާސަލާތު ކުރުން ފަސޭހަވެ މުޖުތަމަޢުގެ ބޭނުންތައް ފުއްދައިދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ހިފުމަށް އުރީދޫއިން ކުރާ މަސައްކަތުގެ މިސާލުވެސް ފެނިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން އިސްނަގައިގެން ރައްޔިތުންނަށް ބޭނުންވާ މިފަދަ ހިދުމަތްތައް ފޯރުކޮށްދޭ ކަމަށްޓަކައި އެ ކުންފުންޏަށް މިނިސްޓަރ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.

ޙައްޖު މޫސުމުގައި މި ސިމް ސައުދީގައި ބޭނުންކުރެވޭނެ ކަމަށާއި މި ސިމްގެ އަގަކީ 1 ހާސް ރުފިޔާ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. މި ސިމް ސައުދީއަށް ފުރުމުގެ ކުރިން އުރީދޫއިން ގަނެވޭނެ ކަމަށާއި އަދި ސައުދީ އެއާރޕޯޓަށް ފޭބުމަށްފަހު ސިމް ލެއްވުމުން އިންޓަރނެޓްގެ ޚިދުމަތް ލިބޭނެ ކަމަށް ވަނީ މައުލޫމާތު ދީފައެވެ. މިއީ އުމްރާއަށް ދާމީހުންނާއި ހައްޖުވެރިންގެ ފަސޭހައަށް އުރީދޫއިން ތަޢާރަފްކުރި ޚިދުމަތެއް ކަމަށްވެސް މިިނިސްޓްރީން ވަނީ ބުނެފައެވެ.

މި ސިމުގައި 15 ޖީބީ ޑޭޓާ، 60 މިނެޓުގެ ކޯލުކުރުމާއި ލިބުން އަދި 60 އެސް.އެމް.އެސް ރޯމިންގގައި ބޭނުންކުރެވޭ ގޮތަށް ބަންޑްލް ކުރެވިފައިވާ ކަމަށާއި މީގެ އިތުރަށް ބޭނުން ކުރެވޭ ޑޭޓާއަށް އެމް.ބީއަކަށް 0.99ރ ނަގާނެ ކަމަށް ވަނީ ބުނެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: