ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ!

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ފަށަނީ!
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ހޭލުންތެރިކަމުގެ ޕްރޮގްރާމްތަކެއް ބޭއްވުމަށް ނިންމާފިއެވެ.

ދިވެހިރާއްޖޭގައި ތިބި އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީ އިން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރެއްވުމުގެ ބައްދަލުވުމެއް 22 މޭ 2024 ގައި ބާއްވައިފިއެވެ. އިސްރަށްވެހިންގެ ނާދީއަކީ ޢުމުރުން 55 އަހަރުން މަތީ ބޭފުޅުންގެ އިޖްތިމާޢި، ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް ތައްޔާރުކުރެވިފައިވާ ތަނެއްކަމަށް މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓުން ބުނެފައިވެއެެވެ. އެގޮތުން އެފަރާތްތަކާ މަޝްވަރާކުރުމުން ދީނީ ޕްރޮގްރާމްތަކެއް ނާދީގައި ކޮންމެ މަހަކުވެސް ކުރިއަށް ގެންދިއުމަކީ ވަރަށް އެދޭކަމެއް ކަމުގައި ފާހަގަކޮށްފައިވާތީ، ކޮންމެ މަހަކުވެސް ދީނީ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށް އިސްރަށްވެހިންގެ ނާދީއިން ވަނީ ހުށަހަޅާފައެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މިބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިމަޝްވަރާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަޤުޞަދުތަކާބެހޭގޮތުންނެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ ”ރިސާލަތު“ ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ބުނެފައެވެ.

މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރޭވިފައެވެ. މިގޮތުން މިބޭއްވޭ ސެޝަންތަކުން ލިބޭ ފީޑްބެކް ބޭނުންކޮށްގެން އިސްރަށްވެހިންގެ މުޖުތަމައުގެ ބޭނުންތަކާއި ހުށަހެޅުންތަކަށް ރިއާޔަތްކޮށް ޕްރޮގްރާމް އިތުރަށް ހަރުދަނާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި ”އިސްރަށްވެހިންގެ ނާދީ“ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅި ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: