ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޯޝަން ޑޭ ފާހަގަކުރުން: ކެބިނެޓުގެ ޓީމެއްވެސް މަސްރޭހުގައި ބައިވެރިވާނެ!

ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް: ފޮޓޯ/ މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

އޯޝަން ޑޭ ފާހަގަކުރުމުގެ ގޮތުން ކުރިއަށް ގެންދާ މަސްރޭސް ހަރަކާތުގައި ރާއްޖޭގެ ކެބިނެޓު މިނިސްޓަރުންގެ ޓީމެއް ބައިވެރިވާނެކަމަށް ފިޝަރީޒް މިނިސްޓްރީއިން ބުނެފިއެވެ.

2024 ވަނަ އަހަރުގެ އޯޝަން ޑޭ ފާހަަގަކުރުމު މަސައްކަތްތަކާއި ގުޅޭގޮތުން ފިޝަރީޒް މިނިސްޓްރީއިންވަނީ މައުލޫމާތު ދީފައެވެ. އެގޮތުން މި އަހަރު އެ ދުވަސް ފާހަގަކުރާނީ ވަރަށް ފުޅާ ދާއިރާއެއްގައި ރާއްޖޭގެ ރައްޔިތުންގެ ޝާމިލުވުންވެސް އޮންނަ ގޮތަށް ކަމަށާއި އޯޝަންޑޭ ފާހަގަކުރަނީ ޖޫން 8 ވަނަ ދުވަހުގައިކަމަށްވާނަމަަވެސް އެއް ވަނަ ދުވަހުން ފެށިގެން ހަރަކާތްތައް ފެށިގެން ދާނެކަމަށް މައުލޫމާތު ދީފައިވެއެވެ.

މިނިސްޓްރީއިން ބުނެފައިވާގޮތުން އޯޝަން ޑޭ ފާހަގަކުރުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖައްސަމުންދާކަމަށާއި މި މަސައްކަތްތަކުގައި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތައްވެސް ޝާމިލުވާނެކަމަށް ބުނެފައިވެއެވެ. މިނިސްޓްރީއިން ބުނެފައިވާގޮތުން އޯޝަން ޑޭ ފާހަގަކުރުމުގެ ތެރޭގައި ރޭވިފައިވާ އެކި އެކި ހަރާކާތްތަކަށްވެސް ޕާޓްނަރުންވަނީ ކަނޑައެޅިފައިކަމަށާއި އެންމެ މުހިންމު ހަރަކާތްކަމަށްވާ އޯޝަންސްޑޭ ފެސްޓިވަލުގެ ޕާޓުނަރަކީ އެޗްޑީސީކަމަށް ހާމަކޮށްފައިވެއެވެ.

އެންމެ ފުރަތަމަ ރާވާފައިވާ ހަރަކާތަކީ ކުރެހުމުގެ މުބާރާތެއްކަމަށް މިނިސްޓްރީން ހިއްސާކޮށްފައިވާއިރު އެއީ 7 އަހަރާއި 13 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ކުދިންނަށް ހުޅުވާލެވިފައިވާ ހަރަކާތެއްކަމަށް މައުލޫމާތު ދީފައިވެއެވެ. އަދި 1 ޖޫން އިން 5 ޖޫންގެ ނިޔަލަށް ކުރިއަށް ގެންދާ މި ހަރަކާތަށް ސޯޝަލްމީޑިއާ މެދުވެރިކޮށްވެސް ކުރެހުންތައް ހުށައެޅޭނެކަމަށް ވެސް ބުނެފައިވާއިރު 8 ވަނަ ދުވަހުގެ ކުރިން އެ މުބާރާތުން ވަނަތައް ހޮވުމުގެ މަސައްކަތްތައް ކުރެވިގެންދާނެކަމަށް ބުނެފައިވެއެވެ.

13 އަހަރާއި 16 އަހަރު އަދި 17 އަހަރާއި 19 އަހަރުގެ ދެ ކެޓަގަރީއަކަށް މަޒުމޫނު ލިޔުމުގެ މުބާރާތެއްވެސް ކުރިއަށް ގެންދާނެކަމަށާއި އީމެއިލް މެދުވެރިކޮށާއި މިނިސްޓްރީއަށް ވަޑައިގެންވެސް ހުށައެޅިދާނެކަމަށް ބުނެފައިވެއެވެ. ސޯޝަލްމީޑިއާގައި ހުޅުވާލާނެ ކުއިޒްއެއްގެ އިތުރުން ސުކޫލު ކުދިންނަށް ހާއްސަ ހަރަކާތްތަކެއްވެސް ރާވާފައިވާކަމަށާއި އެންމެ ކުލަ ގަދަ ހަރަކާތެއްގެ ގޮތުގައި އޮތީ މަސްރޭހެއްކަމަށްވާއިރު ކެބިނެޓު މިނިސްޓަރުންގެ ޓީމެއްވެސް ވާދަކުރާނެކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: