އިދިކޮޅު މަައި ޕާޓީ އެމްޑީޕީއަށް ރިޔާސީ އިންތިހާބާއި އެކު މިދިޔަ ރައްޔިތުން މަޖިލިހުގެ އިންތިޙާބުގައި ނާކާމިޔާބުވެ އެންމެ 12 ގޮނޑި ލިބުނު ސަބަބު ދެނެގަތުމަށް އިންތިޙާބުތަކުގައި ބައިވެރިވި މެންބަރުންނާއި ބައްދަލުކޮށްފިއެވެ.
އެމްޑީޕީއަށް ލިބުނު ބޮޑު ނާކާމިޔާބީގައި، ޕާޓީގެ ނުފޫޒު ގަދަ މަޖިލީހުގައި ދުވަސްވީ މެމްބަރުންނަށް ވެސް ގޮނޑި ގެއްލުނެވެ. މިއީ ޕާޓީން ޖެހި ހިސާބުތަކަށް ނުވުމާއި، ލިބޭނެކަމަށް ބެލެވުނު ދާއިރާގެ ނަތީޖާތައް އެހެން ގޮތަކަށް ނިކުތުމުން ޕާޓީން ވަނީ އޭގެ ސަބަބު ދެނެގަތުމަށް ދިރާސާއެއް އެކުލަވާލުމުގެ މަސައްކަތް ފަށާފަ އެވެ.
އެ މަސައްކަތުގެ މައުލޫމާތު ހާމަކޮށް އެމްޑީޕީން ބުނީ ދިރާސާ ކޮމެޓީގެ ފަރާތުން، ނިމިދިޔަ ދައުރުގެ މާލެ ދާއިރާގެ މަޖިލިސް މެންބަރުންނާއި އަދި މިޕާޓީގެ ގައުމީ މަޖިލީހުގެ މާލެ ދާއިރާގެ މެންބަރުންނާއި ބައްދަލު ކުރި ކަމަށެވެ.
https://x.com/MDPSecretariat/status/1797157254292271278

20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި އަހަރުތަކެއްވަންދެން އެމްޑީޕީން ދިފާޢުކުރަމުން އައި ގިނަ ދާއިރާތަކުގެ ގޮނޑި އެމްޑީޕީއަށް ވަނީ ގެއްލިފައެވެ. އަދި 19 ވަނަ މަޖިލިހުގައި އެ،މް.ޑީ.ޕީ އިން ސުޕަމެޖޯރިޓީ ލިބުނުކަމުގައި ވީ ނަމަވެސް 20 ވަނަ މަޖިލިހުގެ ދައުރުގައި ލިބުނީ އެންމެ 12 ގޮނޑި އެވެ.


One Response
އިންތިހާބުން ބަލިވިކަން ބަލަން ނުވަތަ ދިރާސާ ކުރަން ބައްދަލުވުން ބާއްވަން ޖެހޭނީ މީކާއީލު ނަސީމުއާ އަދުން ހުސޭން ޝާހިދު ފައްޔާޒު އަދި ހިންނަވަރު ކިބޫ ޕާޓީން ވަކިކުރުމައްފަހު އަދި ހުންނާނެ ކުޑަވެޔޮމަތީގޭ މީހެއް އޭންވެސް ވަކިކުރުމަށްފަހު