ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ކޮމިޓީއަށް!

މަޖިލިސްގެ މި ދައުރުގައި ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކެބިނެޓުން ރުހުން ނުދީ ހިފެހެއްޓި ތިން ވަޒީރުންނަށް އަލުން ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަށް ފޮނުވައިފި އެވެ.

އައު ދައުރުގެ މަސައްކަތް ފަށައި، މިއަދު ވަނީ ޖުޑިޝަލް ސާވިސް ކޮމިޝަނުގައި މަޖިލިސް ތަމްސީލު ކުރާނެ މެމްބަރަކަށް މާފުށި ދާއިރާގެ މެމްބަރު ހަސަން ރިޒާ ހަމަޖެއްސުމަށް ފާސްކޮށްފަ އެވެ.

އެމްޑީޕީގެ މެޖޯރިޓީއެއް އޮތް 19 ވަނަ މަޖިލީހުން ގިނަ ދުވަސް ވަންދެން، ވަޒީރުންނަށް ރުހުން ދިނުން ހިފެހެއްޓުމަށް ފަހު ވޯޓަށް އަހަން ތާވަލު ކުރި ދުވަހު ހަމަނުޖެހުންތައް ވެސް ހިނގި އެވެ. އަދި އެމްޑީޕީއާއި، ޑިމޮކްރެޓްސްގެ ޕާލިމަންޓު ގުރޫޕުން ބައެއް ވަޒީރުންނަށް ރުހުން ނުދޭން ނިންމުމުން އެކަމާ ދެކޮޅަށް ސަރުކާރުގެ މެމްބަރުން ވަނީ އަޑުއުފުލައި ޒާތީ ނިޔަތެއްގައި ހިންގާ އެފަދަ އަމަލަކަށް ފުރުސަތު ނުދޭނެކަމަށް ބުނެފަ އެވެ.

ޖަލްސާ ތާވަލު ނުކުރެވި ދުވަސްތަކަށް ފަހު ބޭއްވި ޖަލްސާގައި، މެމްބަރުން ނިންމީ ތިން ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށެވެ. އެއީ ބަންޑާރަ ނައިބު އަހުމަދު އުޝާމްއާއި، ހައުސިން މިނިސްޓަރ ޑރ. އަލީ ހައިދަރުގެ އިތުރުން އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

ރުހުން ނުދިން ތިން ވަޒީރުން އަލުން މަގާމަށް އައްޔަނު ކުރުމުން، އެކަމަށް ވެސް އެމްޑީޕީ ދެކޮޅު ހެދި އެވެ. އަދި ވަޒީރުންނަށް ރުހުން ދިނުން ތާވަލު ނުކޮށް ދައުރު ނިމިގެން ދިޔައީ އެވެ.

ތިން ވަޒީރުންގެ ނަން ދިރާސާ ކުރުމަށް މިއަދު 20 ވަނަ މަޖިލީހުން ފޮނުވާފައި ވަނީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: