ޖުޑިޝަރީ ކޮމިޓީގެ މުޤައްރިރަކަށް ހުސްނީ މުބާރަކް އަދި ނައިބު މުޤައްރިރަކަށް ޑރ. އާނާރާ ނައީމް އައްޔަން ކުރައްވައިފިއެވެ.
ޖުޑިޝަރީ ކޮމިޓީގެ ފުރަތަމަ ކޮމިޓީ ބައްދަލުވުމުގައި ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު ވަނީ ކޮމިޓީގެ މުޤައްރިރަކަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްގެ ނަން ހުށަހަޅުއްވާފައެވެ. އަދި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދް ވަނީ އެ ހުށަހެޅުމަށް ތާއީދު ކުރައްވާފައެވެ.
އެ ކޮމެޓީގެ މުޤައްރިރަކަށް ހުސްނީ ގެންނަން 11 މެންބަރަކު ވޯޓް ދެއްވާފައެވެ.
ޖުޑިޝަރީ ކޮމިޓީގެ މެންބަރުން:
- މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކް
- ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދް
- ހުރާ ދާއިރާގެ މެމްބަރު ޑރ. އަނާރާ ނައީމް
- ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު
- ތިމަރަފުށީ ދާއިރާގެ މެމްބަރު އަހްމަދު ރިޔާޒް
- ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އަޝްރަފް ރަޝީދު
- ފޭދޫ އުތުރު ދާއިރާގެ މެމްބަރު އިސްމާއިލް ނިޒާރު
- ކުރެންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާމިން ހަބީބް
- ހުޅުދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝާހިދު
- ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު
- ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް

