ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހަށް ފައިސާ ނުދެވޭ ނަމަ ސަބަބު ބުނަން ޖެހޭ: މަޑަވެލި ކައުންސިލުގެ ރައީސް

މަޑަވެލި ކައުންސިލްގެ ރައީސް ފިޔާޒް: ފޮޓޯ/ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށްދިނުމާއި ގުޅޭގޮތުން ސަރުކާރުން ބަހެއް ނުބުނެ ތިބުން ބަލައި ނުގަންނަކަމަށާއި ފައިސާ ނުދެވޭނަމަ ސަބަބު ސާފުކޮށްދޭންޖެހޭކަމަށް ގދ، މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒް ހަސަން ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ”މާއިރާ“ ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން މަޑަވެލި ކައުންސިލުގެ ރައީސް ފިޔާޒްވަނީ ދިވެހިރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާފައެވެ. ފިޔާޒް ވިދާޅުވީ، ފިޝަރީޒް މިނިސްޓަރުކަމުގައި ކޮންމެ މީހަކު ހުންނެވި ނަމަވެސް ކުރަން ޖެހޭ މަސައްކަތަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރަންކަމަށެވެ.

އޭނާ ވިދާޅުވީ، ދައްކަމުން ދަނީ ފައިސާ ދޭން ނުޖެހޭ ވާޙަކައެއް ނޫންކަމަށާއި ފައިސާ ދައްކަން ޖެހޭކަމަށް ފާހަގަކުރެއްވިއެވެ. ފިޔާޒް ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒު ރިޔާސީ ކެމްޕެއިންގެ ތެރެއިން ވައުދުތަކެއް ވެވަޑައިގެންނެވިކަމަށާއި އެމަނިކުފާނުވެސް މަސްވެރިންނަށް ހުރި ދަތިތަކުގެ ވާހަކަ ޕޯޑިއަމްތަކުގައި ދެއްކެވިކަމަށެވެ.

އޭނާ ވިދާޅުވީ، ރިޔާސީ ކެމްޕެއިންގެ ދުވަސްވަރު ދެއްކެވި ވާހަކަތަކުގެ އިތުރުން މިނިސްޓަރު އަހުމަދު ޝިޔާމް ވާނީ ކުރިން މަޖިލީހުގައި ހުންނެވި ދުވަސްވަރުވެސް ގިނަ ވާހަކަތަކެއް ދައްކާވާފައިކަމަށާއި މަސްވެރިންގެ ދަތިތަކުގެ ވާހަކަތައް ދައްކަވައި ވީޑިއޯތައް ސޯޝަލްމީޑިއާގައި ހިއްސާކުރައްވާކަމަށްވެސް އިޝާރާތްކުރެއްވިއެވެ. ފިޔާޒް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައި އިރު ގައުމު އޮތް ހާލަތަށްވެސް ބަލާލުން މުހިންމުކަމަށެވެ.

ފިޔާޒް ވިދާޅުވީ، މަސްވެރިންނަށް ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރުމުގެ މަސައްކަތްތައް މިނިސްޓަރ ޝިޔާމްއަށް އެކަނި ނުކުރެއްވޭނެކަމަށެވެ. އަދި ޕޮލިސީ ބޭފުޅުން ތިއްބަވައިގެން މަސްވެރިންގެ ލާރި ހަވާލުކުރަން އެއްބަސްވާންވީކަމަށާއި މިހާ ހިސާބަށް ދިޔަ އިރު ސަރުކާރުން މަސްވެރިންނަށް ފައިސާ ނުދެވި ލަސްވާ ކަމާއިމެދު ބަހެއް ބުނެފައިނުވުން މަޑަވެލި ކައުންސިލުން ބަލައިނުގަންނަކަމަށް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، މިއަދުން މިއަދަށްވެސް މަސްވެރިންގެ ފައިސާ ދޭންޖެހޭކަމަށް ގަބޫލުކުރައްވާކަމަށެވެ. އަދި ނުދެވޭނެ ނަމަ ނުދެވޭ ސަބަބު ހާމަކުރަންޖެހޭކަމަށްވެސް ވިދާޅުވިއެވެ. ފިޔާޒް ވިދާޅުވީ، ޝިޔާމްއަށް ދާދި ފަހުން އޭނާވަނީ މި ކަންބޮޑުވުންތަކާއި ގުޅޭގޮތުން މިނިސްޓަރު ޝިޔާމްއާއި މަޝްވަރާކުރައްވާފައިކަމަށެވެ. އަދި މިނިސްޓަރު ވަނީ ކުރިމަތިވެފައިވާ ދަތިތައް ލަސްތަކެއް ނުވެ ހައްލުކޮށްދެއްވާނެކަމަށް ވިދާޅުވެފައިކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: