ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވޭ!

މާލޭގެ މިސްކިތަކުން ވައްކަން ކުރަން އުޅުނު ބަޔަކާ ފުލުހުން ސުވާލު ކުރަނީ/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގެ އެކި މިސްކިތްތަކުން ވައްކަން ކުރުމުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާކަމަށް ފުސް ތަރުޖަމާނު، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވެއްޖެ އެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލަ އަނެއްކާވެސް ބޮޑުވެ، މާލޭގެ މޭޔަރ އާދަމް އާޒިމް ވަނީ ކަންބޮޑުވުންފާޅު ކުރައްވާފަ އެވެ. އާޒިމް ވިދާޅުވީ މި މަސް ފެށުނު ފަހުން އެކަނިވެސް އެއް މިސްކިތަކުން މިހާތަނަށް ދިހަ ފަންކާ ވަގަށް ނަގާފައިވާކަމަށެވެ.

މާލޭގެ ގިނަ މިސްކިތްތަކުގައި ސީސީޓީވީ ހަރުކޮށްފައިވުމާއި އެކު، އެގޮތަށް ވައްކަން ކުރާ މީހުން ދެނެގަނެވޭ ގޮތަށް މައުލޫމާތުތަކާއި ފުޓޭޖުތައް ފުލުހުންނަށް ހިއްސާކޮށްފައިވާކަމަށް ސިޓީ ކައުންސިލުން ބުނެ އެވެ.

ކުށްކުރުން އިތުރުވެ، އެކަމާ ގުޅޭ މީޑިއާ ރިޕޯޓުތައް ވެސް މިފަހުން ވަނީ އިތުރުވެފަ އެވެ. އަދި ފުލުހުން ވެސް ވަނީ، މުޖްތަމައުގެ ތެރޭގައި ކުށްކުރުން އިތުރުވެފައިވާތީ ފުލުހުންގެ އޮޕަރޭޝަންތައް ފަށާފައިވާކަން ވެސް ހާމަކޮށްފަ އެވެ.

މިސްކިތްތަކުން ވައްކަން ކުރާ މައްސަލައިގައި ޝިފާން ވިދާޅުވީ މި އަހަރުގެ މިހާތަނަށް އެފަދަ 21 ރިޕޯޓެއް ލިބިފައިވާކަމަށެވެ. އޭގެ ތެރޭގައި މިސްކިތުން ފަންކާއާއި، ފޯނު ވަގަށް ނެގުން އަދި ފެންމޯޓަރު ވަގަށް ނެގުމުގެ މައްސަލަ ހިމެނޭކަމަށް ޝިފާން ވިދާޅުވި އެވެ.

ތަހުގީގަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޝިފާން ވިދާޅުވި ގޮތުގައި މިސްކިތުން ވަގަށް ނަގާފައިވާ ހަ ފަންކާއާއި، ދެ ފޯނު އަދި ފެން މޯޓަރެއް ވަނީ އެތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފަ އެވެ.

ޝިފާން ވިދާޅުވީ މިފަދަ މައްސަލަތަކުގެ ތަހުގީގު، ފުލުހުންގެ މުވައްސަސާއިން ދަނީ ކުރަމުން ކަމަށެވެ.

ވައްކަމުގެ މައްސަލަތަކުގައި ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނި މިސްކިތްތަކުގައި މަސްތުވާތަކެތި ބޭނުންކޮށް، ނަޖިސް ކުރުމާއި އަދި މަސްތުވާތަކެތި ބޭނުން ކުރުމަށް ފަހު މިސްކިތުގައި ނިދާ މައްސަލަތައް ވެސް ގިނަ އެވެ.

ނަމަވެސް އީދަށް ޖުމްހޫރީ މައިދާނުގައި ދިއްލާފައި ހުރި ލައިޓުތަކުގެ ކޭބަލް ވަނީ ވަގަށް ގެންގޮސްފަ އެވެ. ފުލުހުންގެ މައި އިމާރާތުގެ އެ ސަރަހައްދަކީ ގްރީން ޒޯނެކެވެ.

މީގެއިތުރުން މާލޭގެ ފުޑް ކޯޓު ކައިރީ ހުރި، ބައެއް ކޭބަލްތަކާއި އިއްޒުއްދީން މަގުގެ ލައިޓުތަކުގެ ކޭބަލް ވެސް ވަގަށް ގެންދިޔަ މައްސަލައެއްގެ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: