ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަތީ ފެންވަރުގެ ވަޒީފާ އުފައްދާ އެއާލައިނެއް ފެއިލް ވެގެންދާއިރު ސަރުކާރުން ފިޔަވަޅެއް ނާޅައި ހިމޭނުން އޮތުމަކީ ޒިންމާދާރު ގޮތެއް ނޫން: ޑރ. ޝަމްހީދު

މަންޓާ އެއާލައިންގެ ފްލައިޓެއް -- ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިންނަށް އެންމެ މަތީ ފެންވަރުގެ ވަޒީފާތައް އުފައްދައިދޭ މަންޓާ އެއާ ފަދަ އެއާލައިންތަކުގެ ޚިދުމަތް ހުއްޓުމަކަށް އައުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެއް ކަމަށާއި، މިފަދަ ހާލަތެއްގައި ސަރުކާރުން އެއްވެސް ފިޔަވަޅެއް ނާޅައި ހިމޭނުން އޮތުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އެތެރޭގެ އުދުހުންތައް ބާއްވަމުން އަންނަ ތިން އެއާލައިންގެ ތެރޭގައި ހިމެނޭ މަންޓާ އެއާގެ ޑޮމެސްޓިކް އޮޕަރޭޝަންތައް ހުއްޓާލައި، ހަމައެކަނި ސީޕްލޭން ދަތުރުތައް ކުރާ ގޮތަށް ބަދަލުކުރަން އެ އެއާލައިނުން ވަނީ ނިންމާފައެވެ.

ކުރިއަށް އޮތް 3 މަހާއި 6 މަސް ދުވަހުގެ ތެރޭގައި އޭޓީއާރު މަތިންދާބޯޓުތަކުގައި ކުރާ ދަތުރުތައް މަންޓާއިން ހުއްޓާލާނެ ކަން މިހާރު ވަނީ މުވައްޒަފުންނާ ހިއްސާކޮށްފައެވެ.

މަންޓާއިން މި ނިންމުން ނިންމަން ޖެހުނީ ޑޮމެސްޓިކް އެއާޕޯޓުތައް ހިންގާ ކުންފުނިތަކުން ހިދުމަތްތަކަށް ބޮޑު އަގު ނަގާތީ، ފައިދާވާ ގޮތަކަށް އޮޕަރޭޝަންތައް ފުޅާކުރެވޭނެ ގޮތެއް ނެތިގެންނެވެ.

ތެރޭގައި ވާދަވެރި މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބަލަހައްޓާ ބ. ދަރަވަންދޫ، ރ. އިފުރު އަދި ޅ. މަޑިވަރު އެއާޕޯޓުން ނަގާ ފްލައިޓް އޮޕަރޭޝަންސް އަދި ގްރައުންޑް ހޭންޑްލިން ފީތައް ކުޑަކުރަން އެއްބަސްނުވުމާއި، ކޯޑު ޝެއާކޮށްގެން ދަތުރުކުރުމަށް މަންޓާއިން ހުށަހެޅި ހުށަހެޅުން ބަލައިނުގަތުން ހިމެނެއެވެ.

ފެބްރުއަރީ 24، 2019 ގައި ޚިދުމަތް ފެށި މަންޓާ އެއާގެ ޑޮމެސްޓިކް ދަތުރުތައް ހުއްޓާލުމާ ގުޅިގެން ޕައިލެޓުންނާއި، އިންޖިނިއަރުންނާއި ގްރައުންޑް އޮޕަރޭޝަންސްގެ މުވައްޒަފުން ހިމެނޭހެން ގިނަ އަދަދެއްގެ ދިވެހިންގެ ވަޒީފާތަކަށް އަސަރުކުރާނެއެވެ. މި ބަދަލާއެކު ރާއްޖޭގެ އެތެރޭގެ ގިނަ އެއާޕޯޓުތަކަށް ދަތުރުކުރާ ހަމައެކަނި އެއާލައިނަކަށް ވެގެންދާނީ ގައުމީ އެއާލައިން، މޯލްޑިވިއަން އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: