ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފައިސާ ޗާޕުނުކޮށް މުޅިއެކު 13 ބިލިއަން ރުފިޔާގެ ދަރަނި ސަރުކާރުން ދައްކައިފި

ޕީއެންސީ ހަރުގެ ހުޅުވުން--ވަގުތު އިމޭޖަސް:އާދިން މޫސާ ލަތީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ފައިސާ ޗާޕު ނުކޮށް އާމްދަނީގެ ގޮތުގައި ލިބުނު ރުފިޔާއިން 13 ބިލިއަން ރުފިޔާގެ ދަރަނި ދައްކާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޖަގަހަ “ހައުސް އޮފް ޕީއެންސީ” ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ކުރީ ސަރުކާރުން ނެގި ކަަހަލަ ރާއްޖެއަށް ނުކަތާވަރުގެ ބޮޑެތި އިންޓަރެސްޓް ރޭޓް ތަކުގައި ހުންނަ ބޮޑެތި ލޯނުތައް މިއަދާ ހަމައަށް އައިއިރުވެސް ނުނަގާ ކަމަށެވެ.

ސަރުކާރަށްވީ 7 މަހާއި ފަސް ދުވަހުގެ ތެރޭގައި މިދިޔަ ސަރުކާރު ނިމުނު އިރު ހުރި 9 ބިލިއަން ހުރި ކަމަށާއި އޭގެ ތެރެއިން ފައިސާ ޗާޕުކުރުން ހުއްޓާލުމަށް ފަހު، ބޮޑެތި އިންޓްރެސްޓް ރެޓުތަކުގައި ބޮޑެތި ލޯނުތައް ނުނަގާ 4 ބިލިއަން ރުފިޔާ އެކި ކުންފުނި ތަކަށް ދައްކާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ އެކު ކުންފުނިތަކަށް ނުވަތަ އެސްއޯއީ ތަަކަށް އޭގެ އިތުރަށް 7 ބިލިއަން ދައްކައި ޖުމްލަ 11 ބިލިއަން ދައްކާފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. ރައީސް ވިދާޅުވީ 11 ބިލިއަން ދައްކާފައިވަނީ ފައިސާ ޗާޕުނުކޮށް ކަމަށާއި އަދި އެއީ އަމްދަނީގެ ގޮތުގައި ލިބުނު ރުފިޔާ ކަމަށާއި އަދި ފައިސާ ދެއްކީ ތަރައްގީގެ މަޝްރޫއުތައްވެސް ކުރިއަށް ގެންދަމުން ކަމަށެވެ.

”ބޭރުގެ ދަރަނީގެ ވެސް 2.7 ބިލިއަން ރުފިޔާ އެންމެ ލޯނެއްވެސް ޑިފޯލްޓު ނުވެ ވަގުތުން ދައްކަމުން މިއަންނަނީ. ގާތް ގަނޑަކަށް 13 ބިލިއަން ރުފިޔާ މި 7 މަސް ތެރޭގައި އަޅުގަނޑުމެން މިއައީ ދައްކާފަ. އެއީ އެބޭފުޅުން އަޅުގަނޑުމެންނާއި ދެކޮޅު، އަޅުގަނޑުމެންނާއި ވާދަވެރި ބޭފުޅުން ފޮރުވަން ބޭނުންވާ ހަގީގަތް. އަޅުގަނޑުމެން ދައްކާނީ ތެދުބަހުން ވާހަކަ. އަޅުގަނޑު އެދެން މި ޖަގަހަގެ ބޭނުން ފުރިހަމަ ގޮތުގައި ޕީޕީއެމް/ޕީއެންސީގެ ހުރިހާ ލޮބުވެތި ރައްޔިތުން ހިއްޕަވަން“

ރައީސް ވިދާޅުވީ ވާދަވެރި ޕާޓީގެ ބޭފުޅުން ކުރައްވާ ކަމަކީ ދޮގު ހެދުން ކަމަށާއި އެކިއެކި ޒަރިއްޔާ ތަކުން އުފައްދައިގެން އެއްވެސް އަސާސެއް ނެތް ހުސްދޮގު ހައްދަވާކަމަށެވެ. އަދި އެ ދޮގުތައް ހާމަކޮށްދިނުމަށްޓަކައި ޕީއެންސީގެ ޖަގަހައިގައި ތެދު ހަގީގަތުން އެ ދޮގުތައް ހާމަކުރުމަށް ވެސް ރައިސް ގިވާލެއްވިއެވެ.

މިދިޔަ ސަރުކާރު ނިމުނު އިރު ސޮވްރިން ޑެވެލޮޕްމެންޓު ފަންޑު (އެސްޑީއެފް) ގައި ހުރީ އެންމެ 2 މިލިއަން ޑޮލަރު ކަމަށާއި އެއީ ބޭރުގެ ދަރަނި ދެއްކުމަށްޓަކައި ރިޒާވް ކޮށްފައި ހުންނަ ފަންޑެއް ނަމަވެސް އެ ރުފިޔާވެސް މިދިޔަ ސަރުކާރުން ބޭނުން ކުރީ ކަމަށް ރައީސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: