ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާނަންތު އަމްބާނީގެ އަގުބޮޑު ކައިވެނީގެ ހަފްލާއަށް ރައީސް ނަޝީދު ވެސް ވަޑައިގެންނެވި

ނަންތު އަމްބާނީގެ ކައިވެނީގެ ހަލްފާގައި ނަޝީދާއި އިންޑިއާގެ ކުރީގެ ރައީސް ރާމް ނާތު ކޯވިންދް
ޝެއާރކޮށްލާ ކަހަލަދޯ؟

އޭޝިއާ ސަރަހައްދުގެ އެންމެ މުއްސަނދި މުކޭޝް އަމްބާނީގެ ހަގު ދަރިފުޅު އާނަންތު އަމްބާނީއާއި ރާދިކާ މާޗަންޓުގެ ކައިވެނީގެ ހަފްލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންފި އެވެ.

އެކި ފަންޝަންތަކަށް ބަހާލައިގެން މިދިޔަ އަހަރުން ފެށިގެން ކުރިޔަށް ގެންދާ އާނަންތުގެ ކައިވެނީގެ ހަފްލާއަށް ބޭރުގެ ބޮޑެތި މުއްސަނދިންނާއި، ބޭރުގެ މަޝްހޫރު ތަރިން ވެސް އެކި ފަހަރު މަތީން އިންޑިއާއަށް އައިސްފައި ވެއެވެ.

ބޮލީވުޑްގެ ގިނަ ތަރިން ވެސް އެކި ހުށަހެޅުންތައް، ހުށަހަޅައި އާއިލާއާއި އެކު އެކި ހަފްލާތަކުގައި ބައިވެރިވި އެވެ.

މިހާރު ކުރިޔަށް ދާ ކައިވެނީގެ ހަފްލާއަށް ވެސް މަޝްހޫރު ތަރިން އައިސްފައިވާއިރު، އޭގެ ތެރޭގައި ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި، ވަރުގަދަ ލީޑަރުން ވެސް އިންޑިއާއަށް އައިސްފައިވާކަން ފާހަގަކުރެވެ އެވެ. އޭގެ ތެރޭގައި ރައީސް ނަޝީދު ހިމެނޭއިރު އެމަނިކުފާނު ކައިވެނި ހަފްލާއަށް ވަޑައިގަތީ އަމްބާނީ އައިލާގެ ދައުވަތަކަށެވެ.

އެ ހަފްލާގައި ރައީސް ނަޝީދު ނަންގަވާފައިވާ ފޮޓޯތައް، ސޯޝަލް މީޑިއާގައި ވަނީ އާންމުވެފަ އެވެ.

ރައީސް ނަޝީދުގެ އިތުރުން ބައިވެރިވި އެހެން ގައުމުތަކުގެ ވެރިންގެ ތެރޭގައި، އިނގިރޭސިވިލާތުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބެލްއާއި ބޮރިސް ޖޯންސަންސް ހިމެނެ އެވެ. އަދި ކެނެޑާގެ ކުރީގެ ބޮޑުވަޒީރު ސްޓެފަން ހާޕާ ވެސް ވަނީ ބައިވެރިވެފަ އެވެ.

މީގެއިތުރުން ފީފާގެ ރައީސް ޖިއަންނީ އިންފެންޓީނޯ ވެސް ވަނީ ކައިވެނީގެ ހަފްލާއަށް އައި މީހުންގެ ތެރޭގައި ހިމެނެ އެވެ.

ދުނިޔޭގެ 10 ވަނައަށް އެންމެ މުއްސަނި މުކޭޝްގެ ދަރިފުޅުގެ ކައިވެންޏަށް މުއްސަނދިންގެ ލިސްޓުގެ ރޭންކުގެ އެންމެ ކުރީގައި ތިބި މީހުންގެ އައިލާއަށް ވެސް ދައުވަތު ދިނެވެ.

އެ ހަފްލާތަކުގައި ހޮލިވުޑްގެ އަގުބޮޑު ތަރިން ވަނީ ބޮޑު އަގަކަށް ހުށަހެޅުންތައް ހުށަހަޅާފަ އެވެ.

މި ހަފްލާއަށް 600 މިލިއަނަށް ވުރެ ބޮޑު އަދަދެއް ހަރަދުވާނެކަމަށް ލަފާ ކުރެވެ އެވެ. އަދި ބޭރުގެ ތަރިންގެ ހުށަހެޅުންތަކަށް އެކަނި ވެސް 07 މިލިއަން ޑޮލަރާއި، 10 މިލިއަން ޑޮލަރު ހަރަދު ކުރި އެވެ. އަދި މޭއި މަހުގެ ތެރޭގައި ބޭއްވި ޕްރައިވެޓް ހަފްލާއަކަށް ވެސް ބޭރުގެ ތަރިން އައިސްފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: