ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނިރުފެހި އަލިފާން ހާދިސާގެ ބައެއް ބިދޭސީން އަދިވެސް އައިޑީ ނުކުރެވޭ: އިހުސާން

އަލިފާނުގެ ހާދިސާގައި ނިޔާވި މީހުންގެ ހަށިތައް ބޮޑީ ބޭގްއަކަށް ލައިގެން ގެންދަނީ - ވަގުތު އިމޭޖްސް: އިބްރާހިމް ޝާބިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މ. ނިރުފެހިގޭގައި ހިނގި އަލިފާނުގެ ހާދިސާގައި ނިޔާވި ބިދޭސީންގެ ތެރެއިން ބައެއް މީހުންނަކީ ކޮން ބައެއްކަން ހޯދިފައި ނުވާކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

2022، ނޮވެމްބަރު 13 ގެ 12:30 ހާއިރު މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގާއި ގުޅޭ ކަންމަތީގައި ހުރި މ. ނިރުފަހި ގަރާޖުގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާގައި 10 މީހަކު ވަނީ ނިޔާވި އެވެ. ހާދިސާ ހިނގިއިރު އެކަމޮޑޭޝަނުގައި ދިރިއުޅުނު މީހުންގެ ތަފްސީލުތައް ނޭނގޭތީ، އަލިފާނުގައި ނިޔާވީ ކިތަށް ބިދޭސީންކަން ދެނެނުގަނެވި ވެސް ދިޔަ އެވެ. އަދި ނިޔާވި ބިދޭސީންގެ ހަށިގަނޑު ވަނީ ކާކުކަން ދެނެނުގަނެވޭ މިންވަރަށް ފިހިފަ އެވެ.

މި ހާދިސާގެ ވާހަކަ މިއަދު އިހުސާން ދެއްކެވީ ނުގަވައިދުން ރާއްޖޭގައި އުޅެމުންދާ ބިދޭސީން ހޯދުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއި ބެހޭ މައުލޫމާތުތައް ދިނުމަަށް ކަމާއި ގުޅޭ އިދާރާތަށް ގުޅިގެން ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގަ އެވެ. އިހުސާން ވިދާޅުވީ އެތަނުގައި ތިބި މީހުންގެ ކިރިޔާ ވެސް މައުލޫމާތެއް އޭރު ހޯދުނީ އަލިފާން ނިވި އެތަނުން ފެނުނު މީހުންގެ ހަށިތަކަށް ބަލައިގެން ކަމަށެވެ. އަދި މިއަދާއި ހަމައަށް ވެސް ބައެއް މީހުންގެ އައިޑެންޓިފިކޭޝަން ހޯދިފައި ނުވާކަމަށް އިހުސާން ވިދާޅުވި އެވެ.

އެނގިވަޑައިގަންނަވާނެ އަލިފާނުގެ ހާދިސާއެއް ރާއްޖޭގައި، މާލޭގައި ހިނގި. ހިނގައިގެން އެ ހާދިސާ ހިނގި ތަނުގައި ތިބީ ކިތައް މީހުންތޯ ވެސް އަޅުގަނޑުމެންނަށް އެނގުނީ އަލިފާން ނިވި، މީހުންގެ ހަށިގަނޑު ގުނައިގެން، އެ ތަނުން ފެނުނު މީހުންގެ. އަދި އަދަށް ދާންދެން ވެސް އޭގެ ތެރެއިން ބައެއް މީހުންނަކީ އައިޑީ ނުކުރެވޭ މީހުން

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި، އިހުސާން ވިދާޅުވީ ރާއްޖޭގައި އުޅެމުންދާ ބިދޭސީން ތިބޭނެ ޑޯމިޓަރީސް ނުވަތަ އެކަމޮޑޭޝަން ބްލޮކުތަކެއް އެޅުމަށް ސަރުކާރުގެ ވިސްނުން އެބަހުރިކަމަށެވެ. އަދި މިފަފަ ޑޯމިޓަރީތަކެއް ގާއިމު ކުރުމުގެ ބޭނުންތެރިކަން އެ އަލިފާނުގެ ހާދިސާއިން އެކަނި ވެސް އެނިގެންދާކަމަށް ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ ބައްޔެއް ފެތުރޭ ހާލަތެއްގައި ބިދޭސީން އުޅޭތަނެއްގައި ތިބީ ކިތަށް މީހުންކަމާއި، ފަރުވާއާއި އެހީ ބޭނުންވަނީ ކިތަށް މީހުންނަށްކަން އެނގޭނީ ވެސް އެފަދަ އެކޮމޮޑޭޝަންތަކުގެ އެހީގައިކަމަށެވެ. އަދި ވިދާޅުވީ މިފަދަ އެކޮމޮޑޭޝަން ބްލޮކިތައް ގާއިމުކޮށް ބިދޭސީންނާއި ގުޅޭ ޑާޓާތައް ރަނގަޅަށް ބެލެހެއްޓުން މުހިންމުކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: