ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީސީގެ ހިޔާލު: މަޖިލީޙުގެ އަދަދު 77 އަކަށް މަދުކުރުން ރަނގަޅު

ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ އަދަދު 77 އަކަށް މަދުކުރުމަށް މިނިވަން މުވައްސަސާތަކާއި ބެހޭ ކޮމިޓީއަށް އިލެކްޝަން ކޮމިޝަނުން ހިޔާލު ހުށައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުވައްސަސާތަކުގެ ކޮމިޓީގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ގާނޫނު މިހާރު އޮންނަ ގޮތުން ރާއްޖޭގެ އާބާދީ އިތުރުވަމުން އަންނަ ވަރަކަށް މަޖިލީހުގެ ދާއިރާތައް އިތުރުވަމުންދާ ކަމަށެވެ. އެކަމަކު މިއީ އެހެން ގައުމުތަކުން އަމަލުކުރާ ގޮތެއް ނޫން ކަމަށާއި އެ އަދަދު ކެޕް ކުރުން ނުވަތަ ހިފެހެއްޓުމަކީ އެންމެ ރަނގަޅު ގޮތްކަމަށްވާތީ އެ ހިޔާލަށް ތާއީދު ކުރެއްވި އެވެ.

އެ ކޮމިޝަނުން ދިރާސާތަކެއް ހެދުމަށް ފަހު ހުށަހެޅީ މަޖިލީހުގައި 77 މެމްބަރުން ތަމްސީލުވާ ގޮތަށް ގާނޫނުއަސާސީ އިސްލާހު ކުރުމަށެވެ. ފުއާދު ވިދާޅުވި ގޮތުގައި އެއީ 2008 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގައި މެމްބަރުން ތިބި އަދަދެވެ. އެ އަދަދަށް ބަލައިގެން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ކަނޑައެޅުމުން 35 ގޮނޑިއެއް ބާކީ ވާނެއެވެ. އެ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން ކޮމިޝަނަށް ފެންނަ ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އަދަދު ލިމިޓް ނުކުރުމުގެ ސަބަބުން ބައެއް އިންތިހާބުތަކުގައި މުޅި ދާއިރާ އެއްކޮށް ބަދަލު ކުރަން ޖެހޭ ހާލަތު ދިމާވެއެވެ. ނަމަވެސް 77 ގެ ނިސްބަތުން ބަހާލުމުން 2050 އާ ހަމައަށް އެއްވެސް ގޮތަކަށް ދާއިރާ ބަދަލުނުކޮށް ރައްޔިތުންނަށް ވޯޓު ލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އީސީގެ މި ހުށަހެޅުމުގެ ބަދަލުގައި މަޖިލީހުން އެހެން ކޮންމެ ގޮތަކަށް ނިންމިއަސް އެ ކޮމިޝަންގެ އިއުތިރާޒެއް ނެތް ކަމަށް ފުއާދު ވިދާޅުވިއެވެ. ނަމަވެސް 77 މެންބަރުންނަކީ އެ ކޮމިޝަނުން އެކިއެކި ފޯމިއުލާތަކަށް ބެލި އިރު އެންމެ ރަނގަޅު އަދި ބައިނަލްއަގުވާމީ ގޮތުން ވެސް އެންމެ ބަލައިގަންނާނެ އަދަދު ކަމަށް އޭނާ ވިދާޅުވިއެވެ.

މި މައްސަލާގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ވަނީ ޕީއެންސީ އާއި އެމްޑީޕީ އާ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދެ ޕާޓީން ވެސް ވަނީ އަދަދު ހިފަހައްޓަން ތާއީދު ކޮށްފަ އެވެ. ނަމަވެސް ކަނޑައަޅާ ވަކި އަދަދެއް ދެ ޕާޓީން ނުބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: