ފިރިހެނަކު ހުއްޓުވާ އޭނާއަށް ކޮޓްރިއަކަށް ދައން ދިއުމަށް ދައުވަތު ދިނުމަށްފަހު އޭނާގެ އަތުން 53،000 ރުފިޔާ ފޭރިގަނެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދިންގޮތުގައި އޮގަސްޓު 26 ވަނަ ދުވަހުގެ 21:30 ހާއިރު އައި.ޖީ.އެމް.އެޗް ކައިރިން ފިރިހެނަކު ހުއްޓުވާ އޭނާއަށް ރޫމައަކަށް ދިއުމަށް ދައުވަތު ދިނުމަށްފަހު އޭނާގެ އަތުން ރުފިޔާތަކެއް ފޭރިގަނެފައިވާ ކަމަށް ވަނީ ބުނެފައެވެ.
މާފަންނު މުރަންގަ މަގުގައި ހުރި ގެސްޓު ހައުސްއަކަށް ގެންގޮސް އިތުރު ފިރިހެނަކާއި ބައިވެރިވެގެން ދިވެހި ފިރިހެނަކު ރަހީނުކޮށް އޭނާގެ ޕޯނާއި ކޭޝް ކާޑް އަތުލައި އޭނާގެ އެކައުންޓުން 53،000 ރުފިޔާ ފޭރި ގަނެފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.
މިމައްސަލައިގައި 27 އަހަރުގެ އާއިޝަތު މަލްޒާ މޫސާދީދީ ކިޔާ އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށްވަނީ މައުލޫމާތު ދީފައެވެ. އަދި އެ މައްސަލަ އާއި ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް ގާޒީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންކަމަށް އެ މުވައްސަސާއިން ވަނީ ބުނެފައެވެ.

