ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ ތެރެއިން މިދިޔަ އަހަރު ބޭންކިން ނިޒާމަށް ވަނީ 52 އިންސައްތަ ރުފިޔާ!

އެމްއެމްއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބޭންކުތަކުގައި ރައްކާކުރެވޭ ބޭރު ފައިސާގެ މިންވަރު އިތުރުވެފައިވާކަން ތަފާސް ހިސާބުތަކުން ހާމަވެއްޖެއެވެ. ފަތުރުވެރިކަމުން ލިބޭ އާމްދަނީގެ 52 އިންސައްތަ މިހާރު ބޭންކިންގ ނިޒާމުގެ ތެރެއަށް ވަދެފައިވާކަމަށް މި ހިސާބުތަކުން ދައްކައެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، 2023 ވަނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖެއަށް ޖުމުލަ 4.5 ބިލިއަން އެމެރިކާ ޑޮލަރުގެ އާމްދަނީ ލިބިފައިވެއެވެ. މިއީ 2019 ވަނަ އަހަރާ އަޅާބަލާއިރު 34 އިންސައްތައިގެ އިތުރުވުމެކެވެ. އެ އަހަރު ލިބިފައިވަނީ 3.4 ބިލިއަން ޑޮލަރެވެ.

2023 ވަނަ އަހަރު ލިބުނު 4.5 ބިލިއަން ޑޮލަރުގެ ތެރެއިން 2.3 ބިލިއަން ޑޮލަރު ވަނީ ބޭންކުތަކަށް ޖަމާކުރެވިފައެވެ. މިއީ އެ އަހަރު ލިބުނު އާމްދަނީގެ 52 އިންސައްތައެވެ. މީގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާއަށް ލިބުނު އާމްދަނީގެ 3 އިންސައްތަ ޑޮލަރު ބޭންކުތަކުން ގަނެފައިވެއެވެ.

ކުރީގެ އަހަރުތަކާ އަޅާބަލާއިރު، ބޭންކުތަކުގައި ރައްކާކުރެވޭ ބޭރު ފައިސާގެ އަދަދު އިތުރުވެފައިވާކަން ފާހަގަކުރެވެއެވެ. މިގޮތުން 1.8 ބިލިއަން ޑޮލަރު ވަނީ ރައްކާކުރެވިފައެވެ. އަދި އެމްއެމްއޭއިން ބޭންކުތަކަށް ވިއްކި ޑޮލަރުގެ އަދަދުވެސް 25 އިންސައްތަ އިތުރުވެ، ޖުމުލަ 376.6 މިލިއަން ޑޮލަރަށް އަރާފައިވެއެވެ.

ނަމަވެސް، ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށްޓަކައި ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ފަށާފައިވެއެވެ. މީގެ ތެރޭގައި ޤައުމުގެ އިޤްތިޞާދީ ދުވެލި އިތުރުކުރުމާއި، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ޖަލްބުކުރުމަށްޓަކައި ”އިންވެސްޓަރ ވިސާ“ ގެ ނަމުގައި އައު ވިސާއެއް ތަޢާރަފުކުރުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: