ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުދިންގެ ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރެނީ

އެޗްޕީއޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުޑަކުދިންގެ މެދުގައި ނޭވާލާ ނިޒާމަށް ޖެހޭ ބައްޔެއް ފެތުރެމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭ އިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ކުޑަކުދިންގެ މެދުގައި ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) ގެ ޙާލަތްތައް އިތުރުވަަމުންދާކަން ފާހަގަކުރެވިފައިވެއެވެ.

މިކަމާ ގުޅިގެން، އާންމު ސިއްޙަތާއި ސާފުތާހިރުކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށާއި، ގައިން ގަޔަށް އަރާ ބަލިތަކުން ރައްކާތެރިވުމަށްޓަކައި ކުޑަކުދިން މީސްމީހުން ގިނައިން އެއްވާ ތަންތަނަށް ގެންދިއުން މަދުކުރުމަށް އެޖެންސީން އިލްތިމާސްކުރައްވާފައިވެއެވެ.

ހުމާއި، ކެއްސުމާއި އަދި ނޭވާލުމަށް ދަތިވުންފަދا ޢަލާމާތްތައް ފެނިއްޖެނަމަ، ލަސްނުކޮށް ސިއްޙީ ފަރުވާ ހޯދުމަށް އެޗްޕީއޭ އިން އިރުޝާދު ދެއްވާފައިވެއެވެ. އަދި މި ބަލީގެ ފުރަތަމަ މަރުޙަލާގައި ދެނެގަނެ، އަވަސް ފަރުވާ ލިބިއްޖެނަމަ، ބަލީގެ ނުރައްކާތެރިކަމުން ސަލާމަތްވުމުގެ ފުރުޞަތު އިތުރުވާނެކަމަށް ވެސް ފާހަގަކުރައްވާފައިވެއެވެ.

ރެސްޕިރޭޓަރީ ސިންސިޓިއަލް ވައިރަސް (އާރްއެސްވީ) އަކީ ނޭވާލާ ނިޒާމަށް އަސަރުކުރާ އާންމު ވައިރަހެކެވެ. މި ބަލީގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވަނީ ޅަފަތުގެ ކުދިންނާއި އުމުރުން ދުވަސްވީ ފަރާަރާތްތަކަށެވެ.

މި ވައިރަހުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކުގެ ތެރޭގައި:
– ކެއްސާއިރު އަދި ކިނބިހި އަޅާއިރު އަނގައާއި ނޭފަތް ނިވާކުރުން
– ގިނަގިނައިން އަތް ދޮވުން
– ބޭނުންކޮށްފައިވާ ޓިޝޫފަދަ ތަކެތި ރައްކާތެރިކަމާއެކު ނައްތާލުން
– މީހުން ގިނަ ތަންތަނަށް ދިއުން މަދުކުރުން

ވީމާ، ކުޑަކުދިންގެ މެދުގައި މި ބަލި ފެތުރުން ހުއްޓުވުމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭ އިން ވަނީ އާންމުންނަށް އިލްތިމާސްކުރައްވާފައެވެ.

ވަރަށް ގަދަ
11%ވަރަށް ގަދަ 11%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 78%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: