ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިޒްރޭލު ޖަވާބުދާރީކުރުވަން ބައިނަލްއަޤުވާމީ މުޖްތަމައުއަަށް ރައީސް ގޮވާލެއްވުމުން ފަހުރުވެރިވޭ: ޕީއެންސީ

ރައީސުލްޖުމްހޫރިއްޔާ ފަލަސްޠީނުގެ ރައީސްއާ ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

އދ ގެ ގަރާރުތަކާއި ބައިނަލްއަޤުވާމީ ގާނޫނުތަކާ ހިލާފުވެ، އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖްތަމައަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލުމުން އެކަމަށް ފަހުރުވެރިވާކަމަށް ވެރިކަން ކުރާ މައި ޕާޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފި އެވެ.

އދ ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަންގެ އާންމު ބަހުސްގައި ގާނޫނުގެ ވެރިކަން ނެގެހެއްޓުމުގެ މުހިއްމުކަން ފާހަގަކުރައްވައި ރައީސް މުއިއްޒު ވަނީ އދ ގެ ފުރިހަމަ މެންބަރުކަން ފަލަސްތީނަށް ދިނުމަށް، ގޮވާލައްވާފަ އެވެ. ރައީސް މުއިއްޒުގެ ތަގުރީރުގައި، ގައުމަކުން އިންސާނީ ހައްގުތަކަށް އަރައިގަންނަ ކަމުގައިވަނީނަމަ އެކަން ތަހައްމަލުކޮށްގެން ތިބެގެން ނުވާނެކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ހާލަތެއްގައި، އެ ގައުމެއްގެ ކުޑަބޮޑުމިނަކީ ނުވަތަ އެ ގައުމެއްގެ މުއްސަނދިކަމަކީ ބަހަނާއަކަށް ވެގެން ނުވާނޭކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ފަލަސްތީނުގެ އައްޒާގެ ހަލަތުން ދައްކުވައިދެނީ އިންތިހާއީ ނާއިންސާފާއި، ބައިނަލްއަގުވާމީ ނިޒާމުގެ ނާކާމިޔާބީކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސްގެ ރިޔާސީ ބަޔާނާއި ގުޅޭގޮތުން، ޕީއެންސީ ނެރުނު ބަޔާނުގައި ވަނީ އެމަނިކުފާނު ވާހަކަ ދެއްކެވި ދާއިރާތަކަށް އަލިއަޅުވާލާފަ އެވެ. އަދި ފަލަސްޠީނަށް އދ.ގެ ފުރިހަމަ މެންބަރުކަން ދިނުމަށާއި ޤާނޫނުގެ ވެރިކަން ނެގެހެއްޓުމަށް ގޮވާލުމުން އެކަމަށް މަރުހަބާ ކިޔައި ޕީއެންސީގެ ބަޔާނުގައި ވަނީ  މުޅި އިސްލާމީ އުންމަތް އެކަމެއްގައި ގިލަންވެރިކަން އިހުސާސްކުރަމުންދާ ފަލަސްތީނުގެ މައްސަލައިގައި ސާފު ސަރީހަކޮށް އިޒްރޭލުން ހިންގަމުން ދަނީ ޓެރަރިޒަމްގެ އަމަލުތަކެއްކަމަށް ރައީސް ވިދާޅުވެފައިވާއިރު ބައިނަލްއަޤުވާމީ ގާނޫނުތަކާއި އދ. ގެ މުއާހަދާތަކާއި ހިލާފު އަމަލުތަކާއި މެދު އިޒްރޭލު ޖަވާބުދާރީ ކުރުވުމަށް ބައިނަލްއަޤުވާމީ މުޖްތަމައުއަށް ހަރު އަޑުން ގޮވާލުމުން އެކަމަށް ކޮންމެ ދިވެހި ދަރިއަކު ވެސް ފަހުރުވެރިވާކަމަށް ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެމަނިކުފާނު ދެއްވި ތަގުރީރަކީ ދިވެހިރާއްޖެއަކީ ކުޑަނަމަވެސް ބައިނަލައަޤުވާމީ މަސްރަހުގައި ހަމައިސްކޮޅަށް ދެމިލައި ހައްގު ބަސް ބުނެ، ރާއްޖޭގެ އުންމީދުތަކާއި ހުވަފެންތައް އެހެނިހެން ދައުލަތްތަކުގެ ކުރިމަތީ ހާމަކުރަން ކެރޭ އެ ކަންކަމަށް ގަދައަޅައި މަސައްކަތް ކުރާ ދައުލަތެއްކަން ސާބިތުކޮށްދެއްވި ތަގުރީރެކެވެ

އާންމު މަޖިލީހުގައި ދެއްވި ތަގުރީރުގައި ރައީސް މުއިއްޒު ވަނީ، ފަލަސްޠީނާއި ލުބްނާން އަދި އަލްޖަޒީރާގެ ނޫސްވެރިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތަކާއި އަލްޖަޒީރާގެ އޮފީސްތައް ބަންދުކުރި ކުރުމަކީ، ޣައްޒާގައި ހިންގަމުންދާ ޖަރީމާތައް ދުނިޔެއަށް ވަންހަނާކުރުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

އދ ގެ ގަރާރުތަކާއި ބައިނަލްއަގުވާމީ ގާނޫނުތަކާ ހިލާފުވެ، އިޒްރޭލުން ހިންގާ ޓެރަރިޒަމްގެ އަމަލުތަކަށް އެ ގައުމު ޖަވާބުދާރީ ކުރުވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.
އަދި، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ސަރަޙައްދީ ރޮނގުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައި، މިނިވަން، މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަންނަން ޖެހޭކަމަށް އެ މަނިކުފާނު ކުރައްވާ އިލްތިމާސް، އާންމު މަޖިލީހުގައި ދެއްވި މި ތަޤުރީރުގައިވެސް ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: