ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްލާމީ މަރުކަޒުގެ މުންނާރު ކައިރީ މަސްފެންގަނޑު ހަދަން ސްޓެލްކޯއިން ޝައުގުވެރިކަން ފާޅުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ މަރުކަޒުގެ މުންނާރު ދަށުގައިވާ މަސްފެންގަނޑު މަރާމާތުކުރުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކޮށްފި

އިސްލާމީ މަރުކަޒުގެ މުންނާރު ސަރަޙައްދުގައި މަސްފެންގަނޑެއް ތަރައްޤީކުރުމަށް ކުރިން ކުރެވުނު އިޢުލާނު، މާލީ ހާލަތާ ގުޅިގެން ބާޠިލުކުރެވިފައިވެއެވެ. އެހެންނަމަވެސް، މިއަދު ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އާއި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ބައްދަލުކުރައްވައި، މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ސްޓެލްކޯއިން ޝައުޤުވެރިކަން ފާޅުކޮށްފައިވާ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.

މި މަސައްކަތަކީ ސްޓެލްކޯގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ކުރުމަށް ރޭވިފައިވާ މަޝްރޫޢެއް ކަމަށް ވެއެވެ. މިކަމާ ގުޅޭގޮތުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެފައިވަނީ، ދިވެހިރާއްޖޭގެ ސަގާފީ އަދި ދީނީ ތަރިކަ ހިމާޔަތްކުރުމަށް އެހީތެރިވުމުގެ ފުރުޞަތު ލިބުމަކީ އެ ކުންފުންޏަށް ލިބޭ ޝަރަފެއް ކަމުގައެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 23%ވަރަށް ގަޔާވޭ 23%ބޮޑު ޖޯކެއް 23%ހައިރާންވެއްޖެ 8%ވަރަށް ދެރަ 15%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: