ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީތައް ޒިންމާދާރުކުރުވުން: މަމްދޫހު

ރައްޔިތުންގެ މަޖިލީހުގެ ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު މަމްދޫހު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ އަމާޒަކީ ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވުން ކަމަށް ފުނަދޫ ދާއިރާގެ މެމްބަރ މުޙައްމަދު މަމްދޫހު ވިދާޅުވެއްޖެއެވެ.

ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލަށް ބަހުސް ކުރައްވަމުން މަމްދޫހު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ސިޔާސީ ޕާޓީތައް ޒިންމާދާރުކުރުން ކަމަށާއި ރަނގަޅު ގޮތުގައި ނިޒާމު ހަރުދަނާކޮށް ކުރިއަށް ގެންދިއުން ކަމަށެވެ. މެމްބަރ ވިދާޅުވީ، ސިޔާސީ ޕާޓީގެ ޤާނޫނަށް އިސްލާހު ގެނެއުމުގެ ބިލަށް އިސްލާހުތަކެއް ހުށަހެޅިގެންދާއިރު، ރައްޔިތުންގެ މެދުގައި ގެއްލިގެން ގޮސްފައިވާ އިތުބާރު ލިބިގެންދާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތަކުން ޤައުމަށާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ބައްޓަން ކުރުމަކީ މުހިންމު ކަމެއް ކަމަށް މެމްބަރ ވިދާޅުވިއެވެ.

“ ސަރުކާރުގެ ވިސްނުމަކީ ސިޔާސީ ޕާޓީތައް ޒިންމާދާރު ކުރުވާ ރަނގަޅު ގޮތުގައި މި ނިޒާމު އިތުރަށް ހަރުދަނާ ކޮށް ކުރިއަށް ގެންދިއުން، މި އިސްލާހު ތަކާއި އެކީގައި މި ބިލަށް ހުށަހެޅިގެންދާ 5 އިސްލާހާއި އެކީގައި، އަޅުގަނޑުމެންއަށް އެންމެ ބޮޑަށް ފާހަގަކުރެވިގެންދާ އެއް ކަމަކީ ހަޤީޤަތުގައި މި ނިޒާމަށް ރައްޔިތުންގެ މެދުގައި ޒަމާންތަކެއް ވަންދެން ގެއްލެމުން މި އައި އިތުބާރު އަލުން އަބުރާ ހޯދައިދީ، ސިޔާސީ ޕާޓީތަކުން ހިންގާ ސިޔާސީ ހަރަކާތްތައް މި ޤައުމަށާއި މި ޤައުމުގެ ލޮބުވެތި ރައްޔިތުންނަށް ފައިދާ ވާނެ މަގަށް ހަޤީގަތުގައި ބައްޓަން ކުރުން“ މެމްބަރ ވިދާޅުވިއެވެ.

މެމްބަރ ވިދާޅުވީ، މާޒީގެ ތެރެއަށް ބަލާއިރު، ފެނިގެދަނީ ސިޔާސީ ކަންކަމުގެ ނަމުގައި ސިޔާސީ ޕާޓީތަަކުން ޤައުމަށް ބޮޑެތި ގެއްލުން ދީފައިވާ ތަން ކަމަށެވެ. މެމްބަރ ވިދާޅުވީ، އެމްޑީޕީގެ ފުރަތަމަ ވެރިކަން ނިމިގެންދިޔައިރު، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސިޔާސީ ހަރަކާތުގެ ނަމުގައި ކޮށްފައިވަނީ އެންމެ އެދެވިގެންވާ މަސައްކަތެއް ނޫން ކަމަށެވެ. އަދި މިއަދު ރައްޔިތުން މަޖިލިހަށް ހުށަހެޅިގެންދާ އިސްލާހާއިއެކު ސިޔާސީ ޕާޓީތަކުގެ މަސައްކަތް ހަރުދަނާ ކުރެވިގެންދާނެ ކަމަށް މެމްބަރ ވަނީ ވިދާޅުވެފައެވެ.

ދައުލަތުގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ދޭ ފައިސާ ރަނގަޅު ނިޒާމެއްގެ ތެރެއިން ބޭނުންކުރުމަކީ މުހިންނު ކަމެއް ކަމަށް ވަނީ ވިދާޅުވެފައެވެ. މީގެ 6 ވަރަކަށް އަހަރު ފަހަަށް ބަލާއިރު، ޤާނޫނަށް ރަނގަޅު އިސްލާހުތަކެއް ގެނެއުމަށް މަސައްކަތްކޮށްފައި ނުވާ ކަމަށް މެމްބަރ ވަނީ ފާޙަގަކުރައްވައިފައެވެ. އެހެން ނަމަވެސް މިއަދު ފެނިގެންދަނީ ސިޔާސީ ޕާޓީތައް ރަނގަޅު ގޮތުގައި ހަރުދަނާ ކުރުމަށް މަސައްކަތް ކުރައްވަމުންދާ ތަން ކަމަށް މެމްބަރ ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: