ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 5 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސައްހަ ވިސާއެއް ނެތި އުޅެމުންދިޔަ 5 ބިދޭސިއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ހިއްސާކުރެއްވި މައުލޫމާތުގައި ބުނެފައިވަނީ، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް ކުރިއަށް ގެންދިއަ ރެއިޑު އޮޕަރޭޝަންގައި ހުޅުމާލޭގައި ސެލޫން ހިންގަމުންދާ 06 ތަނެއް ބަލައި ފާސްކޮށް، ސައްހަ ވިސާއެއް ނެތި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 0 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވައިދާ ޙިލާފަށް އުޅެމުންދާ ބިދޭސީން ދެނެގަނެ އެ ފަރާތްތަކާއިމެދު ސަރުކާރުން ދަނީ ފިޔަވަޅު އަޅަމުންނެވެ. ސަރުކާރުގެ އަމާޒަކީ ކުރިއަށް އޮތް 3 އަހަރުގެ ތެރޭގައި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ މައުލޫމާތުތައް އެއްކޮށް، އެއް ޑޭޓާބޭސްއަކަށް ގެނެއުމެވެ. އިމިގްރޭޝަންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިދިޔަ މަހުގެ 17 އާ ހަމައަށް، 4،054 ބިދޭސީން ވަނީ އެމީހުންގެ ގައުމުތަކަށް އަނބުރާ ފޮނުވާލާފައެވެ.

މި ހަރަކާތުގެ މަޤްސަދަކީ މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އަދި ޤަވައިދާ ޙިލާފަށް ރާއްޖޭގެ އުޅެމުންދާ ބިދޭސީންގެ ދެނެގަނެ އެފަރާތްތައް އިމިގްރޭޝަނަށް ހާޒިރުވުމަށް އެންގުމުގެ އިތުރުން ގަވައިދާ ހިލާފަށް ބިދޭސީން ލައްވާ މަސައްކަތްކުރުވާ ދިވެހިންނަށް ލިޔުމުން ނަސޭހަތްތެރިވުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: