ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދަ ނިޒާމަށް ބަދަލެއް؛ މުއްސަނދިންގެ އަތުން ޕްރީ ޕޭ ކޮންޓްރިބިއުޝަނެއް ނަގަނީ!

ބޭސްފިހާރަތަކެއްގެ ނަން ބޯޑުތަކެއް/ ފޮޓޯ: އަދަދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިންކަމް ޓެކްސް ދައްކާ ފަރާތްތަކުގެ އަތުން، ޕްރީ ޕޭ ހެލްތް ކޮންޓްރިބިއުޝަން ނެގުމަށް ސަރުކާރުން ނިންމައިފިއެވެ.

2025 ވަނަ އަހަރުގެ ބަޖެޓުގައި ބަޔާންކޮށްފައިވާ ގޮތުން، މަހަކު 60،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ، އިންކަމް ޓެކްސް ދައްކާ ފަރާތްތަކުން ކޮންޓްރިބިއުޝަނެއް ނެގުމާއި އެކު، އައުޓްޕޭޝަންޓް ހިދުމަތްތަކާއި އެސެންޝަލް ނޫން ބޭސް ގަތުމަށް އަމިއްލަ ޖީބުން ވަކި މިންވަރެއް ދައްކަންޖެހޭނެއެވެ. މި ބަދަލާއި އެކު މުޅި އާސަންދަ ނިޒާމު ޕްރޮގްރެސިވް ކުރެވި، އެންމެ ފަގީރު ފަރާތްތަކަށް މާލީ ބުރައަކާ ނުލައި ސިއްހީ ހިދުމަތް ލިބޭކަން ކަށަވަރު ކުރެވޭނެ ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މި ބަދަލު ގެނައުމުގައި ދެކުނު ކޮރެއާ ފަދަ ތަރައްގީވެފައިވާ ގައުމުތަކުގެ މޮޑެލް ބޭނުންކޮށްފައިވާއިރު، ބައެއް ގައުމުތަކުން މި ޕްރީ-ޕޭމެންޓް ނަގަމުންދަނީ އިންކަމް ޓެކްސް ދައްކާ ވަގުތު ރެވެނިއު އޮތޯރިޓީ މެދުވެރިކޮށެވެ. މި ނިޒާމުގެ ދަށުން 18 އަހަރުން ދަށުގެ ކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަށް ފަރުވާ ހޯދަންޖެހޭ ބަލިތަކަށް ފަރުވާ ހޯދާ މީހުން އިސްތިސްނާ ވާނެ ކަމަށް ވަނީ ބުނެފައެެވެ.

އެންސްޕާ މެދުވެރިކޮށް ފޯރުކޮށްދޭ މެޑިކަލް ވެލްފެއާ ނިޒާމަށްވެސް ބަދަލުތަކެއް ގެނެސް، އެންމެ މުއްސަނދިންނަށް އިންޓްރެސްޓް ފްރީ ލޯނު ދޫކުރާ ގޮތަށް ހަމަޖެއްސުމަށް ވަނީ ނިންމައިފައެވެ. މަދުން އާމްދަނީ ލިބޭ ފަރާތްތަކަށް މިހާރުވެސް މި އެހީ ލިބޭ އުސޫލުން، އަނބުރާ ދައްކަން ނުޖެހޭގޮތަށް އާސަންދަ ކަވަރނުކުރާ ޙިދުމަތްތަކާއި އާލާތްތަކާއި އެހެނިހެން ޙަރަދުތައް އެންސްޕާ މެޑިކަލް މެދުވެރިކޮށް ލިބޭނެ އެވެ.

މިދިޔަ އަހަރު 2.6 ބިލިއަން ރުފިޔާ އާސަންދައަށް ހޭދަކުރި އިރު، މި އަހަރު ބަޖެޓްކޮށްފައިވަނީ 1.9 ބިލިއަން ރުފިޔާއެވެ. މި ބަދަލުތަކާ އެކު އާސަންދައިން 600 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް ލަފާކުރެވެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: