އޭޝިޔާގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވް ގެ އެވޯޑު ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީއަށް ލިބިވަޑައިގެންފިއެވެ.
އެމްޑީ ފަހުމީއަށް މިބިވަޑައިގެންފައިވާ މި އެވޯޑަކީ އޭޝިއާ ކޯޕަރޭޓް އެކްސިލެންސް އެންޑް ސަސްޓައިނަބިލިޓީ އެވޯޑްގެ ދަށުސް ދޭ އެވޯޑެކެވެ. މިއަހަރު މިއެވޯޑް ހަފްލާ ބާއްވާފައިވަނީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި މިމަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މިއީ އޭޝިޔާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓައިނަބިލިޓީ އެވޯޑްސްގެ 11 ވަނަ އެވޯޑު ހަފްލާއެވެ.
މި އެވޯޑް ހަފްލާގައި ރާއްޖޭގެ ހަކަތައިގެ މައި ކުންފުނި ކަމަށްވާ ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީއަށް ލިބިވަޑައިގެންނެވީ އޭޝިއާގެ އެންމެ އިންސްޕަޔަރިން އެގްޒެކެޓިވް ގެ އެވޯޑެވެ.
އެވޯޑަށްފަހު ފަހުމީއާއި ގުޅޭ ގޮތުން އޭޝިއާ ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސްއިން ޝާއިރުކުރި ލިޔުމެއްގައި ބުނެފައިވަނީ ފަހުމީ ވަނީ ސްޓެލްކޯގެ ފައުންޑިން އުޞޫލުތައް ފުރިހަމައަށް ޤަބޫލުކުރައްވައި، ކުންފުނީގެ ވިޔަފާރީގެ އުފެއްދުންތެރިކަމާއި، އޮޕަރޭޝަނަލް އެފިޝަންސީ އަދި ދެމެހެއްޓެނިވި ކުރިއެރުމަށް މަގުފަހިކޮށްދެއްވާފައި ކަމަށެވެ.
ފަހުމީގެ ލީޑަރޝިޕުން ދައްކުވައިދެނީ އެއްބާރުލުމާއި، އެޑަޕްޓޭބިލިޓީ އާއި ޓްރާންސްޕޭރެންސީގެ މައިގަނޑު އަސާސްތައް ކަމަށާއި ކަސްޓަމަރ ސެންޓްރިކް އެޕްރޯޗެއް ޕްރޮމޯޓްކޮށްގެން މުވައްޒަފުންނަކީ ކުންފުނީގެ ސްޓްރެޓެޖިކް މަގްސަދުތަކާ ގުޅިފައިވާ ބައެއްކަން އޭނާ ކަށަވަރުކުރައްވާ ކަމަށެވެ.
މެލޭޝިއާގެ މޯސް ގްރޫޕުން އިންތިޒާމްކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ”އޭޝިއާސް ކޯޕަރޭޓް އެކްސެލެންސް އެންޑް ސަސްޓެއިނަބިލިޓީ އެވޯޑްސް، ވޭތުވެދިޔަ އަހަރުތަކުގައި ދުނިޔޭގެ ފާހަގަކޮށްލެވޭ ބޮޑެތި ކުންފުނިތަކަށް ލިބިފައިވެ އެވެ. އޭގެ ތެރޭގައި ކޮކާކޯލާ, ސެމްސަންގް، އެއާ އޭޝިއާ، ޓާޓާ ގްރޫޕް، ޑީއެޗްއެލް، ކެސްޕާސްކީގެ އިތުރުން، ނެސްލޭ ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެކި ކެޓަގަރީތަކުން މި އެވޯޑް ހޯދައިފަ އެވެ.

