ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރިއަށް އޮތް ތަނުގައި ދުންފަތުގެ އިސްތިއުމާލުނުކުރޭ އާއްމު ތަންތަން އިތުރުވާނެ: ހެލްތު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް/ ފޮޓޯ: ހެލްތް މިނިސްޓްރީ
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް ތަނުގައި ދުންފަތުގެ އިސްތިއުމާލުނުކުރޭ އާއްމު ތަންތަން އިތުރުވާނެކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓްރީއިން މައުލޫމާތު ދީފައިވާ ގޮތުގައި ދުންފަތުގެ ދުމުން މުޖުތަމަޢު ރައްކާތެރިކުރުމަށް އެކުލަވާލާ ޤަވާާޢިދުގެ ޑްރާފްޓް މިހާރު ވަނީ ނިމިފައެވެ އަދި އެ ޤަވާއިދަށް ކޮމެންޓްތައްވެސް ލިބިފައިވާކަމަށް ބުންޏެވެ.

އެ ޤަވާާޢިދުގެ ގެޒެޓް ކުރުމުން ދުންފަތުގެ އިސްތިއުމާލުކުރެވޭނެ ތަންތަނާއި ނުކުރެވޭނެ ތަންތަނަށް ބޮޑެތި ބަދަލުތަކެއް އަންނާނެއެވެ. އެގޮތުން މިހާރު ދުންފަތުގެ އިސްތިޢުމާލު ނުކުރެވޭނެ ކަމަށް ކަނޑައަޅާފައިވާ ތަންތަން އިތުރު ވެގެންދާނެއެވެ. ހަމަ މިއާއި އެކު ދުންފަތުގެ އިސްތިއުމާލު ކުރެވޭނެ ތަންތަންވެސް ކަނޑައެޅިގެންދާނެއެވެ.

 ގަވާޢިދު އާއްމުކުރާ ހިސާބުން ޤާނޫނު ތަންފީޒުކުރާ އިދާރާތަަކަށްވެސް، މި ޤާނޫނު ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ފަސޭހަވެގެންދާނެކަމަށް މިނިސްޓްރީއިން ބުނެއެވެ.

ދުންފަތް ކޮންޓްރޯލް ކުރުމަށް ޤާނޫނަށް ގެނެވުނު އިސްލާހާގުޅިގެން އަތޮޅުތަކުގައި އާންމުން ހޭލެންތެރިކުރުމަށް، ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ، އަދި ޖަމިއްޔާތަކާ ގުޅިގެން މިނިސްޓްރީން ދަނީ މަސައްކަތް ކުރަމުނެވެ. އަދި ސަރުކާރުގެ މުޢައްސަސާތަކުގެ ކަމާގުޅޭ ފަރާތްތައް އަހުލުވެރި ކުރުމާއި އެފަރާތްތަކާ ގުޅިގެން މަސައްކަތްތަކެއް ކުރެވެމުންދާކަމަށް މިނިސްޓްރީއިން މައުލޫމާތުދެއްވާފައިވެއެވެ.

ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ވަނީ މަގުމަތީގައާއި އާންމު ތަންތަނުގައި ވޭޕް ބޭނުން ކުރާނަމަ އެކަަން ފުލުހުންނަށް ރިޕޯޓްކުރުމަށް އެދިވަދައިގެންފައެވެ. އަދި އެކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެތަނަކަށް ގޮސް ފިޔަވަޅު އަޅަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށް ފުލުހުންވަނީ ހާމަކޮށްފައެވެ.

ދުންފަތާ ދުރުހެލިވާން ބޭނުންވާ ފަރާތްތަކަށް މިނިސްޓްރީ އޮފް ހެލްތު އިން ވަނީ ކުއިޓްލައިނެއް ޤައިމްކޮށްފައެވެ. ނަންބަރަކީ 1676 އެވެ. މި ނަންބަރުން ދުންފަތަށް ދެވިހިފާފައިވާ ފަރާތްތަކަށް ހުއްޓާލުމަށް ބޭނުންވާ ފަރާތްތަކަށް އެކަމަށް މަގުފަހިކޮށްދިނުމަށް އެހީތެރިވެދޭނެއެވެ. މި ނަންބަރުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: