ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްތުވާތަކެތީގެ ގާނޫނާއި އެކު ތަންފީޒީ އިދާރާތަކަށް ހަގީގީ ބާރުތައް ލިބިގެން ދާނެ: އިބްރާހިމް

ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތައް ތަންފީޒު ކުރެވިގެން ދާއިރު، ފުލުހުންނާއި ތަހުގީގީ އިދާރާތަކަށް ބޭނުންވާ ހަގީގީ ބާރު ލިބިގެންދާނެކަމަށް ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިބްރާހިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ދަނީ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށް ރައްޔިތުންނާއި ވީހާވެސް ގާތުން މަސައްކަތް ކުރެއްވުމަށް ކަމަށެވެ. އެގޮތުން އެ ހިދުމަތްތައް ދިނުމަށާއި، ހުރި ކަންބޮޑުވުންތަކާއި ގުޅިގެން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސް އައު ގާނޫނުތައް ވެސް ވުޖޫދު ކުރުމަށްޓަކައި މަޖިލިސް ތެރެއިން މަސައްކަތް ކުރެވެމުންދާކަން އިބްރާހިމް ފާހަގަކުރެއްވި އެވެ.

އިބްރާހިމް ވިދާޅުވީ އަލަށް އަމަލު ކުރަން ފެށި ކާފާލާތުގެ ގާނޫނަކީ ވެސް އިހުމާލުތައް ހުރުމުގެ ސަބަބުން ކުރެވުނު މަސައްކަތެއް ކަމަށެވެ. ގާނޫނުގައި ބޮޑެތި ބާގަނޑުތައް ވެސް ހުރުމުގެ ސަބަބުން ދިވެހި ސަރުކާރުން މިއަދު ކުރަން ޖެހިފައި އިބްރާހިމް ވަނީ ބުރަ ބޮޑު މަސައްކަތެއްކަމަށް އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ ވަކި ވެރިކަމެއްގައި ކުރެވުނު އަދި ނުކުރެވޭ ކަންކަމުގެ ވާހަކަތައް ދައްކައި ވަގުތު ބޭކާރު ކުރުމަށް ބޭނުން ނުވާކަމަށާއި އެހެން ނަމަވެސް ރައްޔިތުންނަށް ގިނަ ވައުދުތަކެއްވެ ވެރިކަމަށް އަންނަ ވެރިއެއްގެ ގިނަ ޒިންމާތަކެއް ހުންނާނެ ކަމަށެވެ. ރާއްޖޭގެ މުޖްތަމައިގެ ތެރޭގައި ކަންބޮޑުވާން ޖެހޭ މިންވަރަށް ފެތުރިފައިވާ މަސްތުވާތަކެތީގެ ވަބާ ހައްލު ކުރުމަށްޓަކައި ވާހަކަ ދެއްކުން ފިޔަވައި އަމަލީ ގޮތުން މިހާތަނަށް ކުރެވުނު އެއްވެސް މަސައްކަތެއް އެބައޮތް ތޯ އިބްރާހިމް ސުވާލު އުފެއްދެވި އެވެ.

މީގަ ގިނަ ފަހަރަށްވާ ގޮތަކީ އެ ކުއްޖާއަށް ނޭނގި އޭގެ ތެރެއަށް ވަދެވެނީ.. ވަދެވުމަށް ފަހު އޭގެއިން ނިކުންނާނެ އެއްވެސް ގޮތެއް، އެއްވެސް މަގެއް އެއްވެސް ދޮރެއް ނުހުރޭ.. ގާނޫނު ހަދާފައި ހުންނައިރު 89 މާއްދާއެއް އިސްލާހުކުރާއިރުގައި.. އަޅުގަނޑުމެންނަކަށް ނުފެނޭ މަސްތުވާތަކެތި ބޭނުންކޮށް އުޅޭ ކުދިން ހިފާ ހައްޔަރު ކުރުމުގައި، ހިފާ ހައްޔަރު ކުރުމަށް ފަހު، އިރުކޮޅަކުން ކޯޓަށް ގެންދަނީ ގެންދިއުމަށް ފަހު އަނެއްކާ އަނެއް ދުވަހު މި ހުންނަނީ ގޭގައި..

ކުށް ކުރާ މީހަކަށް ވެސް ގަބޫލު ކުރެވިފައި އޮތީ އިބްރާހިމް ވިދާޅުވި ގޮތުގައި ހައްޔަރު ކުރުމަށް ފަހު، ކޯޓަށް ހާޒިރުކޮށް އޭގެ ޖެހިގެން އަންނަ ދުވަހު އިޖުރާއީ ކޮންމެވެސް ގޯހެއްގެ ސަބަބުން އޭނާ ދޫވުމެވެ. އެހެންވެ މަސްތުވާތަކެތި ބޭނުން ކުރާ ޒުވާނަކަށް ވެސް ގާނޫނުތައް އޮންނަނީ އޭނާގެ ކުރިމަތީ ބަނދެވިފައިކަމަށް ގަބޫލު ކުރާކަމަށް ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވީ ސަރުކާރުގެ ފަރާތުން މަސްތުވާތަކެއްޗާއި ބެހޭ ގާނޫނަށް މިހާ ގިނަ އަދަދެއްގެ އިސްލާހުތައް ހުށަހަޅާފައިވާ ސަބަބަކީ އެއީކަމަށެވެ. އަދި މި އިސްލާހުތައް ގެނެވޭއިރު، މަޖިލީހުގެ ކޮމިޓީގައި ވެސް ރަނގަޅަށް ދިރާސާކޮށް ކަމާއި ގުޅުން ހުރި އިދާރާތަކާއި ބައްދަލު ކުރާނެކަމަށް އިބްރާހިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާނޫނު ފާސްވެ، ތަންފީޒު ވެގެންދާއިރު މުވައްސަސާތަކަށް ލިބެން ޖެހޭ ހަގީގީ ބާރު ވެސް ލިބިގެންދާނެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: